Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިން ފުރިހަމަ ނުކޮށް ބޭރުން އަންނަ ދިވެހީން 14 ދުވަހުގެ ކަރަންޓީނަށް

ވެކްސިން ފުރިހަމަ ނުކޮށް ބޭރުން އަންނަ ދިވެހީން 14 ދުވަހުގެ ކަރަންޓީނަށް

ފަތުރުވެރިން ފިޔަވައި ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމުކޮށް އައު އުސޫލު އާންމުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން ލާޒިމު ކަމަށާއި ކޮވިޑް-19އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އަންގައިފައިވެއެވެ. ކަރަންޓީނުން އެ މީހުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމަށް ފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނައްސި ވުމުން ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ނުވާ ޕީސީއާރު ނައްސި ނަތީޖާއެއް އޮންނަން ޖެހެއެވެ. މިގޮތަށް ދަތުރުކުރާ މީހުންނާ އެކުގައި ދަތުރުކުރާ އަހަރު ނުވާ ކުދީން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް