Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ސޮއި ކުރައްވާ މިއަދު ނެރުނު ގަރާރެއްގައި ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 29ގެ ނިޔަަލަށް ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން ނިންމައިފައިވާ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމީ ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށެވެ.

Advertisement
HDC — Sidebar (box)

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ އާލަމީ ވަބާ ރާއްޖޭގައި ވެސް ފެތުރެން ފެށުމާ ގުޅިގެން، އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އާއްމު ގޮތެއްގައި މިހާރު ކޮންމެ މަހަކު ވެސް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަމުން އަންނަނީ މަސް ދުވަހަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް