ޚަބަރު

ކޮވިޑަށް ފައްސިވީ އަދަދުތައް އިތުރުވެ މާފުށި ބަންދުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާފުށި ދެން
ކ.މާފުށި--

ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދުތައް އިތުރުވެ، ކ.މާފުށި ބަންދުކޮށްފިއެވެ.

Ads by STELCO

މާފުށްޓަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ވެސް، ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި ދަތުރުކުރާ ރަށެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިވަގުތު ވެސް އެރަށުގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުރިފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު މާފުށި ކޮނީޓަރިންއަށް ލައިފައިވީ ނަމަވެސް، އެ އެޖެންސީގެ އުސޫލުތައް ބުނާ ގޮތުގައި އެ ރަށަކީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެއްކަމުން ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން، ނައްސި ޕީސާއާރަކާ ނުލައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ދެވޭނެއެވެ. އަދި އެފަދަ ފަތުރުވެރިން ޗެކިންކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. ކުޅުދުއްފުށިި ވެސްް ބަންދުު ވާނެެ ޓެސްޓްް ކޮށްފިއްޔާާ