ޚަބަރު

ހޯމް ސްޓޭއާ ދެކޮޅަށް ސަލަފުން ނިކުމެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު ދިއްގަރުގައި ހޯމް ސްޓޭ ވަނީ ތައާރަފްކޮށްފައި.. ފޮޓޯ: މިހާރު

އާއްމުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކެއް ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ރާއްޖޭގައި ތައާރަފްކޮށްފައިވާ، ހޯމް ސްޓޭ ޓޫރިޒަމްއާ ދެކޮޅަށް، އިލްމުވެރިންގެ ޖަމްއިއްޔާ ، ޖަމްއިއްޔަތުއްސަލަފުން ނިކުމެއްޖެއެވެ.

Ads by STELCO

ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގައެވެ. މިއަދު ހޯމް ސްޓޭ ކޮންސެޕްޓް އެ ރަށުގައި ވަނީ ފަށައިފައެވެ.

މިއަދު ސަލަފުން ނެރުނު ބަޔާނެއްގައި، ހޯމްސްޓޭ ތަޢާރަފްކުރުން ހުއްޓައިލާން ސަރުކާރަށް ވަނީ ގޮވައިލައިފައެވެ. އެ ބަޔާނުގައި ސަލަފުން ވަނީ، ހޯމް ސްޓޭގެ ބަދަލުގައި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ގެސްޓުހައުސްގެ ގޮތުގައި ފަރުތުވެރިންނަށް ޚިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތްތައް ޢާންމުވަމުންދާ ކަމަށް ސަލަފުން ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތަޢާރަފު ކުރުމަކީ އޭގެ ސަބަބުން އެ މިޤައުމުގެ އިސްލާމީ ޘަޤާފަތް ގެއްލިގެން ދާނެކަމެއް ކަމަށް ސަލަފުން ވިދާޅުވިއެވެ.

"ފައިސާގެ ދަހިވެތިކަމުގައި، އެމީހެއްގެ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ލޯބިވާ އަންހެން ނުވަތަ ފިރިހެން ދަރިފުޅާ އެކު، އެއްވެސް ހުރަސްވެރިކަމެއް ނެތި، އެއް ސިޓިން ރޫމުގައި، އެއް އުނދޯލީގައި އެއްތަށިމަތީގައި، ހީސަމާސާކޮށް ހަނގާކުރެވޭ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދީނާއި، އަޚުލާޤާއި ޘަޤާފަތާ ބީރައްޓެހި،  ބޭރުކަރަކަރައާއި ވިލާތުގެ މީސްމީހުންގެ އަތްމައްޗަށް ދޫކޮށްލުމީ ހަމަކަށަވަރުން ވެސް އަޅުގަނޑުމެން ދައްޔޫސުންގެ ގޮތުގައި ހިމެނިގެންދާނެ ކަމެއްކަން ކަށަވަރު" ސަލަފުގެ ބަޔާނުގައި ވިދާޅުވިއެވެ.

ސަލަފުގެ ބަޔާން ނިންމައިލައިފައި ވަނީ، ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަޤްބަލު ނުރައްކަލުގެ ތެރެއަށް ވައްޓައިނުލާން ދިވެހިންނަށް ގޮވައިލަމުންނެވެ.

  1. އަމާން

    އަމާން ކަމާއެކު އިސްލާމް ދީނާއި ދިވެހި ގައުމު ގެންދަން ބޭނުންނަމަ މިހާރު ފެންނަންތިބި ސިޔާސީ ލީޑަރުންގެ ތެރޭގައި ފެންނަންހުރި ބޭފުޅަކީ ހަމައެކަނި ޢުމަރު ނަޞީރު.އޭނާއަކީ އިޤުތިޞާދު ވެސް ދަންނަ މުރާލި ބޭފުޅެއް.

  2. ޢަވާމެނދުރު

    ޢުމަރުގޯހެކޭ ނުބުނަަނަން އެކަމަކު ޔާމެެނުއިރު ދެެނަން އިސްކަން.ނުދެެފައެތްނެތް ހުރިހަަގޮތަކުންވެސް ކުފޫ ހަމަވާބޭފުޅެހ ޔާމޭނަކީ

  3. ޢަވާމެނދުރު

    ސަލަފުގެބޭފުޅުންނަން الله حضرتن ވާޣީޥެރިވެ ވޮޑިގެންނަވާށި އަދިވިސްނުންހެޔޮކުރަށްވާނަދްރާކާމިޔާބުދެއްވާ ފާތިލަސާބިތުކޮންދެންވާށި ނަސްރާ ކާމިޔާބުދެއްވާށި امين

  4. ސާބަސް

    ނޫސްވެރިންވެސް އުޅެނީ ފިތުނަ އުފެއްދޭތޯ…ސަލަފުގަ ނޫޅޭ އެތައް ޝެއިހުންނެއްވެސް، އަދި އެތައް ރައީތުންނެއްވެސް އެކަމާ ދެކޮޅު ހަދައޭ އެބަ..ޖަހާބަލަ ހަބަރުގަ

  5. ޢަލީ

    އަމާން ތިބުނީ ރަނގަޅަށް ޔާމީނު އޮތީ އަދީބު ލައްވާ ބޮޑެތި ވައްކަން ކުރުވާފަ އެހެންވީމާ ކަޑަދޯ. ތިބުނީ ފެންނަން އޮތް ޙަޤީޤަތް..މަށަށްވެސް ބުރަ ވެވެނީ ޢުމަރަށް.

  6. ސެއްޅި

    މަށަށްވެސް ބުރަ ވެވެނީ ޢުމަރަށް .ގައުމުގައި މިހިރަ ބޮޑެތި ކަންކަން ހައްލު ކުރެވޭނީ ކެރޭ ހިތްވަރުގަދަ މީހަކަށް .

  7. އާދަނު

    އަމާން ތިބުނާހެން އިސްލާމް ދީނާއި ދިވެހި ގައުމު ގެންދަން ބޭނުންނަމަ މިހާރު ފެންނަންތިބި ސިޔާސީ ލީޑަރުންގެ ތެރޭގައި ފެންނަންހުރި ބޭފުޅަކީ ހަމައެކަނި ޢުމަރު ނަޞީރު.އޭނާއަކީ އިޤުތިޞާދު ވެސް ދަންނަ މުރާލި ބޭފުޅެއް.ސިޔާސަތުތައް އިސްލާމް ދީނާ ގާތަށް ޖައްސާނެ ކަމަށް ވަޢުދުވާ ބޭފުޅެއް.ޑުރަގު ބޯޓުތައް ބަޑިޖަހައި ކަނޑަށް ފައްތާނެ ކަމަށް ވަޢުދުވާ ބޭފުޅެއް.ޙައްދުތައް ޤާއިމު ކުރައްވާނެ ކަމަށް ކެރިގެން ވަކާލާތު ކުރައްވާ ބޭފުޅެއް

    • ނަންނޭގޭ

      އުމަރަކީ ވެރިކަމަށް ޤާބިލް ބޭފުޅެއްނުން ވެރިކަމުގެ ދަހިވެތިކަމުގަ ތެޅިފޮޅޭ މީހެއް އުމަރަކީ.
      މި ޤައުމު މި ހާލަތުން އަރާގަނެވޭނީ ޔާމީން ވެރިކަމަށް ގެނެސްގެން

  8. ހޯމް ސްޓޭ ޓޫރިޒަމަކީ ދިވެހިން ޢައިރު މުސްލިމުން ނަށް އިސްލާމް ދީނަށް ދައުވަ ދިނުމަށާއި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅާ ދިނުމަށް ދިވެހިންނަށް ރަގަޅު ފުރުސަތެއް ރަގަޅުގޮތުގައި ބޭނުން ހިފަންވީ، ޔޫރަޕްގައިވެސް އެމެރިކާގައިވެސް މުސްލިމުން ނާއި ޢައިރު މުސްލިމުން އެއްގޭގައިވެސް އެއުޅެނީ !

  9. ޚޯމް ސްޓޭ މާލޭގައި އޮންނަތާ 50 އަހަރުވެއްޖެ އެކަމަކު ރަށުގައި އަތޮޅުގައި އޮންނާން ކަމުނުދަނީ ވަރަށް ހެއްވާކަމެއް!

  10. ހޯމް ސްޓޭ ޓޫރިޒަމަކީ ދިވެހިން ޢައިރު މުސްލިމުން ނަށް އިސްލާމް ދީނަށް ދައުވަ ދިނުމަށާއި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅާ ދިނުމަށް ދިވެހިންނަށް ރަގަޅު ފުރުސަތެއް ރަގަޅުގޮތުގައި ބޭނުން ހިފަންވީ، ޔޫރަޕްގައިވެސް އެމެރިކާގައިވެސް މުސްލިމުން ނާއި ޢައިރު މުސްލިމުން އެއްގޭގައިވެސް އެއުޅެނީ ، ހޯމް ސްޓޭ މާލޭގައި އޮންނަތާ 50 އަހަރު ވެއްޖެ، މާލޭގައި ހޯމް ސްޓޭ ހިންގި މީހުން ގެސްޓް ހައުސް އާއި ހޮޓަލް ތަކަށް އެތަން ބަދަލް ކޮށްގެން އެހިންގަނީ !