ޚަބަރު

ބޯހިޔާވަހިކަމަކީ އެންމެންގެ އަސާސީ ހައްގެއް: ދިޔާނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދިޔާނާ ސައީދު/ ފޮޓޯ: އަވަސް

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ޤާނޫނީ ގޮތުން ކަނޑައަޅައިފައިވާ އަސާސީ ހައްޤެއް ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާ ވެސް މައްސަލަ ވަނީ ހޫނުވެފައެވެ.

އެގޮތުން މާލެ ސަރަހައްދަކީ އަތޮޅު ތެރޭގެ ވެސް އެތައް ހާސް ރައްޔިތުން ދިރިއުޅޭ، އަދި އެރައްޔިތުންގެ ބޮޑު ބައިވެރިވުމަކާ އެކު ތަރައްޤީވެފައިވާ ސަރަހައްދަކަށްވާ އިރު، މާލެ ސަރަހައްދުގައި ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ވާންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން ދިޔާނާ ވިދާޅުވީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫން ކަމަށާއި ރާއްޖޭގެ އެންމެ ރަނގަޅު ޚިދުމަތް ލިބެން އޮތް ސަރަހައްދަކުން ބޯހިޔާވަހިކަން ނުލިބޭ ގޮތަށް އުސޫލުތަކެއް ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަސާސީ ހައްޤާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި އުފަންވީ ރަށުގެ މައްޗަށް ބަލައި ތަފާތު ނުކުރެވޭނެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް. ރަނގަޅު ފެންވަރެއްގެ ޚިދުމަތް ލިބެން ހުންނަ ތަންތަނުން ބޯހިޔާވަހިކަމަށް އެދޭ މީހުން ގިނަވާނެ" ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

Ads by Allied Insurance
  1. އަދުރޭ

    ދިޔާނާގެ ރަށުގާވާގޯތިން ބޯހިޔާނުވަނީތޯ މުޅިހުމާލެ ދިނަސް ދިޔާނާގެ ހިތެއްނުފުރޭނެ ބަކަތަޅަން ރަށައްދޭބަލަ ތިޔައީ ބޮޑު ޖޯކަރެއް

  2. ބިންޔޫސުފު

    މާލޭ މީހުންނަށް އެހެން ރަށްރަށުން ގޯތި ދޫނުކުރަނީ ކީއްވެތޯއެވެ؟ އެރަށަކުން އެރަށެއްގެ މީހުން ނޫން މީހަކަށް ދުވަހަކުވެސް ގޯއްޗެއް ނުދެއެވެ.

    • އަލި

      މާލެ މީހުން އެހެން ރައްރަށައް ދިރިއުޅުން ބަދަލުކޮށްގެން ނޫޅެނި ކިއްވެ