Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެދޮރުވެރިޔާ ލޯނުގެ ޝަރުތެއް އުނިކޮށް ލުއިދީފި

ގެދޮރުވެރިޔާ ލޯނުގެ ޝަރުތެއް އުނިކޮށް ލުއިދީފި

ގެދޮރުވެރިޔާ ލޯނުގައިވާ، ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުމަށް ބަޔާންކުރާ ޝަރުތު އުނިކޮށް، ލުއި ދީފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމެއްގެ ދަށުން، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން މިހާރު ގެނައި ބަދަލާ އެކު ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ ތިން އަހަރު ނުވި ނަމަވެސް މި ލޯނު ލިބޭނެއެވެ.

އެޗްޑީއެފްސީން މި ބަދަލުގެނެސްފައި ވަނީ، އެ ލޯނަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދެމުންދާތީއެވެ. އަދި މިބަދަލުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ގިނަ ބަޔަކަށް ގެދޮރު ލޯނު ނަގަން ފުރުސަތު ފަހިވެގެންދާނެއެވެ.

Advertisement
Allied Insurance — Square (box)

ރަށްރަށުގައި ނުހެދި ހުރި ގެދޮރު ހަދަން ދޫކުރަން ފެށި މި ލޯނު ނަގާ ފަރާތްތަކަށް ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓް ނުވަތަ ގެއަކަށް ކުރިމަތިލެވޭނީ 10 އަހަރު ފަހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް