ޚަބަރު

ހަނގުރާމައިން އެނބުރި އަންނަ ދިވެހިންގެ ދަރިން ދައުލަތަށް ނެގޭނެ ގޮތްތައް ކަނޑައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަނގުރާމަ ހިނގާ ސަރަހައްދުތަކުން އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ 15 އަހަރުން ދަށުގެ ކުދިން، މައިންބަފައިންނާ ވަކި ކުރެވޭނެ ހާލަތްތަކާއި ދައުލަތަށް ނެގޭނެ ހާލަތްތައް ކަނޑައަޅައިފިއެވެ.

Ads by Hajj Corporation

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި ހާއްސަ އުސޫލުގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު ނުވަތަ ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށް ފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާ އެކު ނުވަތަ އެ ނޫން ގޮތަކަށް އެފަދަ ސަރަޙައްދަކުން އެ މީހުންނާ އެކު އަންނަ މީހުންނަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތެއް ކަމަށް ބަލައި، އެ ފަރާތެއް މުޖުތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރަން މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި އެގޮތަށް ބަންދުކުރާ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކާ އެކު ނުވަތަ އެ ސަރަޙައްދުތަކުން އަންނަ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިން ވެސް، އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރަންވާނެ ކަމަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ، އުމުރުން (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ޓަކައި އެ ކުދިން އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚްތިޔާރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އަދި ކުއްޖާ އަނބުރާ މައިންބަފައިންނާ ހަވާލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި އެ ކުއްޖާގެ މައިންބަފައިންގެ ތެރެއިން ފަރާތެއް، ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ޕްރޮގްރާމު ފުރިހަމަކުރުމަށް ފަހު މަރުކަޒުން ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން މައިންބަފައިންނާ ވަކި ކުރާ ކުދިން، އެސެސްމަންޓަކަށް ފަހު މައިންބަފައިންނާ ވަކި ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތަކުން ކުރެ ހާލަތެއް ނެތް ކަމަށް ކަނޑައެޅުން ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!