Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ބޮޑު އިސްރާފެއްކަމަށް ބުނި މަހާޖައްރާފް ވެގެން މިދަނީ އެންމެ ބޮޑު ކެމްޕެއިން ޓޫލަށް!"

"ބޮޑު އިސްރާފެއްކަމަށް ބުނި މަހާޖައްރާފް ވެގެން މިދަނީ އެންމެ ބޮޑު ކެމްޕެއިން ޓޫލަށް!"

ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ކޮންނަ ބޯޓް ، މަހާޖައްރާފަކީ އިސްރާފެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް މިއަދު އެފަރާތްތަކަށް މަހާޖައްރާފް ވެގެން މިދަނީ ބޮޑު ކެމްޕެއިން ޓޫލަކަށް ކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ކޮމަންޑޫ ހިއްކައިދެއްވަނީ ރައީސް ޔާމީން ކަމަށާއި މަހާޖައްރާފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތަށް ހޯދުނު އެންމެ ވަރުގަދަ ހަރުމުދާ ކަމަށެވެ.

"މަހާޖައްރާފް ނެތް ނަމަ އިންތިޚާބަށް 23 ދުވަހަށް ވެފައިވަނިކޮށް ދެކޮމަންޑޫ ހިއްކޭނެ އެއްވެސް ގޮތެއް މި ސަރުކާރަށް ނުދެއްކުނީސްކަން ކަށަވަރު"ނަރީޝްގެ ޓްވީޓްގައި ވެއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/ahmed_narysh/status/1481262902560837634?s=21

ނަރީޝް މިފަދައިން ޓްވީޓް ކުރައްވައިފައި މި ވަނީ ކުރިމަތީގައި އޮތް ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ދެކޮމަންޑޫ ހިއްކުމަށް ސަރުކާރުން ނިންމަވައިފައިވާ ދަނޑިވަޅެއްގައެވެ. މިކަން އިޢުލާން ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ކަމަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅުން ވިދާޅުވި ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ. މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ބަޔާނެއް ނެރުއްވައިފައެވެ. އެ ޖަމްޢިއްޔާއިން ވިދާޅުވެފައި ވަނީ އިންތިޚާބާ ދިމާކޮށް މިފަދަ ކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށާއި މިކަންކަމުގެ ސަބަބުން ވޯޓްދޭންވީ ކެނޑިޑޭޓް އިޚްތިޔާރު ކުރުމުގައި ނުފޫޒު ކުރިމަތިވާ ކަމަށެވެ. އަދި ބަޖެޓްގައި ވެސް ހިމެނިފައި ނެތް ކަމެއް އިންތިޚާބާ ދިމާކޮށް ކުރަން އިޢުލާން ކުރުމުން ޓްރާންސްޕޭރެންސީން ވަނީ އެކަމާ މެދު ވެސް ސުވާލު އުފައްދަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް