ޚަބަރު

ޔާމީން ރަޝީދުގެ މަރު: ހައިޝަމްއާ ޒިހާން ކުށްވެރިވާ ކަމަށް ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބްލޮގަރ ޔާމީން ރަޝީދުގެ މަރައިލިކަމުގެ ތުހުމަތު އުފުލިފައިވާ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް ކުށްވެރިވާ ކަމަށް ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ތޫނު އެއްޗަކުން ހަމަލާ ދީ، ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މަރައިލިކަމުގެ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ، ޔާމީން ރަޝީދު މަރައިލައިފައި އޮއްވާ، އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅީތެރެއިން ފެނުނީ 2017ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!