Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔާމީން ރަޝީދުގެ މަރު: ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

ޔާމީން ރަޝީދުގެ މަރު: ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

ބްލޮގަރ ޔާމީން ރަޝީދުގެ މަރައިލިކަމުގެ ތުހުމަތު އުފުލިފައިވާ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، އުމުރަށް ޖަލަށް ލުމަށާއި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފިއެވެ.

ތޫނު އެއްޗަކުން ހަމަލާ ދީ، ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މަރައިލިކަމުގެ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއަދުގެ ޝަރީއަތުގައި ކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ ކަމަށް ވެސް ކަނޑައަޅައިފައެވެ. އެހެން ނަމަވެސް މަރުގު ހުކުމް ދެ މީހުންގެ މައްޗަށް އިއްވައިފައި ނުވަނީ ޔާމީންގެ ވާރިސުންގެ ތެރެއިން އޭނާގެ މަންމަ ގިސާސް ހިފަން ބޭނުން ނުވުމުންނެވެ.

ތޫނު އެއްޗަކުން ހަމަލާދީ، ޔާމީން ރަޝީދު މަރައިލައިފައި އޮއްވާ، އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅީތެރެއިން ފެނުނީ 2017ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28ވަނަ ދުވަހުގެ ރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް