ޚަބަރު

ޔާމީންގެ ފުރާނަ ނަގައިލި މީހުންނަށް ދިރިހުރުމުގެ ހަދިޔާދީފި: ދިޔާނާ

  • ދިޔާނާ ވަނީ ޔާމީންގެ ވާރިސުން ދެއްކި ރީތި މިސާލަށް ޝުކުރު އަދާކުރައްވައިފައި
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު

އޭޕްރީލް 2017ގައި އަނިޔާވެރިގޮތަކަށް މަރައިލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު އުފުލިފައިވާ ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވީ ނަމަވެސް އެ ދެމީހުންގެ މައްޗަށް މަރުގެ ހުކުމް ނުކޮށް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Ads by MWSC

މިގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ މަރަށް މަރު ހިފުމަށް ބޭނުން ނުވުމުންނެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ފުރާނަ ނަގައިލި މީހުންނަށް ދިރިއުޅުމުގެ ހަދިޔާ ދީފައިވާކަމަށެވެ.

ޔާމީންގެ މަރައިލިކަމުގެ ތުހުމަތުގައި ކުށް ސާބިތުވެފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްއަށެވެ.

އެގޮތުން އެ ދެމީހުން އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން އަންގައިފައިވެއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ރޭ ކްރިމިންލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު، އެ ދެމީހުންނަށް އަދަބު ކަނޑައެޅުމުގައި ޔާމީންގެ ވާރިސުުން ބޭނުން ވަނީ ކޮން ގޮތެއްތޯ ބެލުމަށް ޔާމީންގެ މަންމައާއި ބައްޕަގެ ބަސް ވެސް ރޭގެ އަޑުއެހުމުގައި ނަގައިފައިވެއެވެ.

ޔާމީންގެ މަންމަ ވަރަށް އަސަރާ އެކު ވާހަކަ ދައްކަމުން ބުނެފައި ވަނީ ޔާމީން ދުނިޔޭގައި ހުރިއިރު އޭނާ އަބަދުވެސް ވަކާލާތުކުރީ އެންމެންނަށް ވެސް ދިރިހުރުމުގެ ހައްގުދިނުމަށް ކަމަށްވުމުން ޔާމީންގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށާއި އެކަމަކު މަރުގެ ދިޔަ ހޯދަން ބޭނުން ވާކަމަށެވެ. އަދި ޔާމީންގެ ބައްޕަ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށާއި އެހެން އެއްވެސް އަދަބެއްދޭން ބޭނުން ނުވާ ކަމަށެވެ.

އެދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައި ނުވަނީ ޔާމީންގެ ވާރިސުންގެ ތެރެއިން އޭނާގެ މަންމަ ބޭނުން ނުވުމުންކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފައެވެ.

ދިޔާނާ ވިދާޅުވީ، އަނެއްކާ ވެސް ޔާމީންގެ ރީތި ރޫޙުގެ ތަސްވީރެއް އެންމެންނަށް ދެއްކި ކަމަށް ޓަކައި ޔާމީންގެ އާއިލާއަށް ޝުކުރުވެރިވާ ކަމަށެވެ.

 

Ads by Ooredoo
  1. ވިކިލީކުސް

    ޔާމީނަކީ މަރަށް މަރުހިފުމާއި އިދިކޮޅު މީހެއް.

    • މަރަށް

      މަރަށް މަރުހިފަން ވާރިސުން އެދުނަސް މިރާއްޖެއަކު އެކަމެއް ނުކުރޭ.. އެހެން އެދެފިނަމަ ވެސް 25 އަހަށް ލަނީ ޖަލަށް މަރުގެ ދިޔައެއްވެސް ނުލިބޭ.. މަރަށް މަރު ނުހިފާ ދިޔައަށް އެދުނީމަ، ދިޔަ ލިބިފަ 25 އަހަރަށް އެވެރިން ޖަލަށް ވަންނާނެ..

  2. މައިމޫން

    ފޮޓޯގައި ކެޕްޝަން ޖަހާފައި އިނީ ޔާމީން ރަސީދު ކަމަށް.
    ދިރި ހުރުމުގެ ހައްގު ދެވެންވާނީ އެހެން މީހުންގެ އެހައްގައް އަރައި ނުގަންނަ މީހުންނަށް.

    އިންސާފެއް ނެތް. ދިރިހުރުމުގެ ހައްގަކީ ފައިސާ އެއް ނޫން. ފައިސާ ވަގަށް ނަގާ މީހަކަށް މައާފު ދިފައި ފައިސާ އަލުން ހޯދިދާނެ. ފުރާނަ އަކީ ދެން ގެނެވޭނެ އެއްޗެއް ނޫން. ދިޔާނާ ބުންޏަސް ރީތި ހަދިޔާ ދީފައި އެމީހުން ގެޔަށް ވެސް ފިނުވައި ދޭން ވީނުންތޯ.

  3. ބޭބެ

    ބަލަންޖެހެނީ ޔާމީނު ބޭނުންވާގޮތެއްނޫން ބަލަންޖެހެނީ ﷲ ގެ ޙުކުމްފުޅު މަޢާފުކުރުމަކީ ﷲއާއި އެއިލާހުގެ ރަސޫލާ ލޯބިކުރައްވާކަމެއް ޤާތިލުގެ މައްޗަ މަޢާފުކުރުމާއި ނުކުރުމުގެ ޙައްޤަކީ ޤަތުލުވެވުނުމީހާގެވާރިޘުންނަށް ﷲ ދެއްވާފައި ވާ އިޚްތިޔާރީ ޙައްޤެއް އެހެނާ މަޢާފުކުރުން އެހެންނާނުކުރުން ވާރިޘުންގެ ތެރެއިން އެންމެ މީހަކުވިޔަސް މަޢާފުކޮފި ނަމަ ޤިޞާޞް ހިފުމެއް ނޯވޭ އަދި މަޢާފުކުރި ވާރިޘަށް ނުވަތަ މަޢާފުކުރަން ބޭނުންނުވިފަރާތައް ނިސްބަތްވާގޮތަށް ފުރައްސާރަ ކުރުމުގެ ޙައްޤަކީ ދިޔާނާ ވިޔަސް އަދި އެނޫންމީހަކަށްވިޔަސް ލިބިގެންވާ ޙައްޤެއްނޫން

  4. ޙަޖަ

    މިސާލަކަށް ބުނީޔޯ މަރަށް މަރު.. ރާއްޖޭގަ މީހުން މަރާނީކީ ނޫން.. އެއޮންނާނީ ހުލުމުގަ ލޮޔެފަ.. އޭނަ ހަމަ ޖަލުގަ ހުކުރުދުވަސް ދުވަހުބބިރިޔާނީ ކާލައިގެން އުޅޭނީ ހަމަ..