Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދުވާލަކަށް 9،000 މީހުންނަށް ކޮވިޑް-19 ޖެހޭ ދުވަސް އައިސްފާނެ: ޑރ. އަފްޒަލް

ދުވާލަކަށް 9،000 މީހުންނަށް ކޮވިޑް-19 ޖެހޭ ދުވަސް އައިސްފާނެ: ޑރ. އަފްޒަލް

ރާއްޖޭގައި މިހާރު ކޮވިޑް-19އަށް ފައްސިވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ކޮވިޑުގެ މިރާޅުގައި ދުވާލެއްގެ މައްޗަށް 6000އާއި 9000އާ ދެމެދުގެ އަދަދަކަށް މީހުން ފައްސިވުން އެކަށީގެންވާކަމަށް އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ ރޭ ޓީވީ ޕްރޮގްރާމެއްގައި ކޮވިޑް-19އާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރެމުންދަނީ ވަރަށް ހަލުވިކޮށް ކަމަށްވުމުން އަންދާޒާ ކުރެވެނީ ކޮވިޑުގެ ވޭދަންތައް އިތުރުވެ، ވަރަށް ބޮޑު ޕީކަކަށް ގޮސްދާނެ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު 9000އާ ގާތް އަދަދަކަށް އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)
[caption id="attachment_90777" align="alignnone" width="960"] ޑރ. އިބްރާހިމް އަފްޒަލް[/caption]

އަފްޒަލް ވިދާޅުވީ ޕީކަކަށް ދިއުމުގެ ކުރިން ބަލި ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޕީކަކަށް ގޮސްފި ނަމަ ރާއްޖޭގައި ބަލި ކޮންޓްރޯލު ކުރަން އުނދަގޫ ވާނެކަމަށެވެ.

މިފަހަރުގެ ޕީކްގެ ނުރައްކާ ބޮޑުވެފައި ވަނީ ހަލުވިކަމާ އެކު ފެތުރެން ފަށައިފައިވާ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުންނެވެ. އޮމިކްރޮން ވޭރިއެންޓުގެ އަސަރު އެހެނިހެން ވޭރިއަންޓްތަކަށް ވުރެ ކުޑަ ކަމުގައިވިޔަސް ވައިރަސް ފެތުރޭ މިންވަރު އެތަށް ގުނައެއް ބާރެވެ. މި ވޭރިއަންޓް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ވެސް މިހާރު ވަނީ ފެނިފައެވެ.

ޑރ.އަފްޒަލް އިތުރަށް ވިދާޅުވީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ބޮޑުވަރުވެ އެޑްމިޓް ކުރަންޖެހޭ ޙާލަތަށް ދާ މީހުން މަދުކަމަށެވެ. ނަމަވެސް ނިސްބަތުން އެހައި ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ފައްސިވެއްޖެ ނަމަ، ހޮސްޕިޓަލްތަކަށް ވެސް ބާރު ބޮޑުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ބަލާއިރު މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ނަމަ ކޮވިޑަށް ޓެސްޓުކުރަން ޖެހެއެވެ. ނަމަވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކުރާތީ އެޗްޕީއޭއަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް