ލައިފްސްޓައިލް

ސްކުއިޑް ގޭމްގެ 2ވަނަ ސީޒަނެއް ނެރެނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ސްކުއިޑް ގޭމްގެ ލީ ޖުންގް

ސްކުއިޑް ގޭމްގެ ދެވަދަ ސީޒަނެއް ނެރޭކަން ނެޓްފްލިކްސްއިން ކަށަވަރު ކޮށްދީފިއެވެ.

Ads by STELCO

ނެޓްފްލިކްސްގެ ކޯ-ސީއީއޯ އަދި ޗީފް ކޮންޓެންޓް އޮފިސަރު ޓެޑް ސަރަންޑޯސް ވަނީ ނެޓްފްލިކްސްގެ ކޮރެއަން ބްރޭކްއައުޓްގެ ހިޓް ކަމަށްވާ ސްކުއިޑް ގޭމްގެ ގެ ދެވަނަ ސީޒަނެއް ނިކުންނަން އުޅޭ ކަމަށް ކަށަވަރު ކޮށްދީފައެވެ.

ވެރައިޓީއިން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ނެޓްފްލިކްސްއިން 2021ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ ބެހޭގޮތުން ދިން އިންޓަވިއުގައި ޓެޑް ސަރަންޑޯސް ވަނީ ކާމިޔާބު ދެކުނު ކޮރެއާގެ ސަރވައިވަލް ތްރިލާ ސްކުއިޑް ގޭމް ސީޒަން 2 އަށް އަންނަކަން ކަށަވަރުކޮށްދީފައެވެ. މި ސީރީޒް އިތުރު ސީޒަނަކަށް އެނބުރި އަންނާނެތޯ ސުވާލު ކުރުމުން ޓެޑް ސަރަންޑޯސް ޖަވާބުގައި ބުނީ ހަމަ ޔަގީނުން ވެސް އަންނާނެކަމަށާއި އޮސްކުއިޑް ގޭމް 2ގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ނެޓްފްލިކްސްގެ އެންމެ ގިނަ ބަޔަކު ބަލާ ސީރީސްތަކުގެ ސީޒަން 2އަށް އެނބުރި އަންނާނެ ކަމަކީ އެއްވެސް ޝައްކެތް ނެތް ކަމަކަށްވާ އިރު، މި ޝޯ  އުފައްދައިފައިވާ މީހާ އަދި ޑައިރެކްޓަރު ހުއާންގް ޑޮންގް ހިއުކް ވަނީ މި ޝޯއަށް 2 ވަނަ ސީޒަނެއް އަތުވެދާނެކަމުގެ އިޝާރާތްތައް ކުރިން ވެސް ދީފައެވެ.

އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ހުއާންގް ޑޮންގް ހިއުކް ސީޒަން 2 އަށް ރާވާފައިވާ ޕްލޭންތައް ހިއްސާ ކުރަމުން ބުނީ މި ޝޯއަށް ބެލުންތެރިންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ކަމަށާއި، އަދި ދެވަނަ ސީޒަނަކަށް އަންނަން އޮތް ޕްރެޝަރު ވެސް ބޮޑުކަމަށެވެ. އަދި އެހެންވުމުން ދެވަނަ ސީޒަނެއް ގެނައުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި މިހާރު އެ ޝޯގެ ދެވަނަ ސީޒަން ޕްލޭންކުރަން ފަށައިފައިވާ އިރު އެ ނެރޭނެ ދުވަހެއް ބުނުން އަދި މާ އަވަސްކަމުގައި ހުއާންގް ބުނެފައިވެއެވެ. އަދި ސީޒަން 2ގެ އިތުރުން ތިންވަނަ ސީޒަނެއް ނެރެން ވެސް ނެޓްފްލިކްސްއާ އެކު ވާހަކަ ދެކެވެމުންދާކަމަށް ވެސް މީގެ ކުރިން ކޮރެއާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!