Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފޯކައިދޫން ބިން ނުހިއްކާ ގޯތި ދޫކުރާތީ މެމްބަރު އުޝާމް ފާޑުކިޔައިފި

ފޯކައިދޫން ބިން ނުހިއްކާ ގޯތި ދޫކުރާތީ މެމްބަރު އުޝާމް ފާޑުކިޔައިފި

ޗަކަ ބިން ގިނަ ފޯކައިދޫގެ ބިންތައް ނުހިއްކައި ބިން ދޫކުރާތީ އެމްއެންޕީގެ މެމްބަރު އަހްމަދު އުޝާމް ފާޑުކިޔައިފިއެވެ.

ފޯކައިދޫގެ ޗަކަބިންތަކުން އެރަށު ރައްޔިތުންނަށް 2000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ.

ފޯކައިދޫގެ އާބާދީގައި 1718 ވަރަކަށް މީހުން ހިމެނޭއިރު ފާއިތުވެދިޔަ 10 އަހަރުތެރޭ ގޯތި ދޫކޮށްފައި ނުވަނީ ބިން ހިއްކައިގެން ނޫން ގޮތަކަށް ގޯތި ދޫނުކުރެވޭނެތީއެވެ.

Advertisement
Ooredoo — Truecaller (box)

ބިން ނުހިއްކާ ގޯތި ދޫކުރަން ފެށުމުން އުޝާމު ވިދާޅުވީ ހިއްކައިފައި ނުވާ ބިންތަކުން ކުރީގެ ސަރުކާރުން ގޯތި ދޫކުރަން އުޅުމުން އޭރު މައްސަލަ ޖެއްސި ފަރާތްތައް މިހާރު މިތިބީ ވެރިކަމުގައި ކަމަށެވެ. އަދި މި ސަރުކާރުން ބިންތައް ދޫކުރަން ނިންމައިފައި މިވަނީ އިންތިހާބާ ދިމާކޮށް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ގެޒެޓް ކުރި އިއުލާނުގައި ވަނީ ފޯކައިދޫން ގޯއްޗަށް އެދޭ ފޯމު ދޫކުރާނީ މިހިނގާ ޖެނުއަރީ 25އިން ފެށިގެން ފެބްރުއަރީ 15ގެ ނިޔަލަށެވެ. އަދި މިހާރު ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތަކުގެ އިތުރުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮައިންޓު ދޭ އުސޫލެއް ވެސްފަހުން އާންމު ކުރާނެ ކަމަށް ފޯކައިދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް