ނާޒިމް ފްރޭމް ކުރުމަކީ ރައީސް ޔާމީން ކުރެއްވި ކަމެއްކަން މިހާރު އެނގޭ: އާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލެއް ފެނުނު ހާދިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާވައިގެން ނާޒިމްއަށް ދެއްވި "ލަނޑެއްކަން" މިހާރު އެނގި ވަޑައިގަންނަވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ހާދިސާ ހިނގާ ދިޔައިރު އޭނާ ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި، އޭރު މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެެވެ. ނަމަވެސް ފަހުން ހިނގައިދިޔަ ކަންކަމުގެ ސަބަބުން މިކަމުގެ ފަހަތުގައިވާ ހަގީގަތްތައް އެނގިފައި ވާކަމަށް އާޒިމް ވިދާޅުވިއެވެ.
އެގޮތުން ނާޒިމް ހައްޔަރު ކުރި ހިސާބުން، އެއީ އިންސާފުވެރިކޮށް ހިނގަމުންދާ ކަމެއް ނޫންކަން ގަބޫލު ކުރެއްވުނު ކަމަށާއި، ނާޒިމް އެފަދަ ކަމެއް ނުކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑާ ނާޒިމްއާ ދެމީހުންނަކީ އެެއްކޮށް ބިޑުވި ދެމީހުން، އެހެންވެ، ނާޒިމް ކޮށްފާނެ ކަމަކާއި ނުކުރާނެ ކަމެއް އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. ނާޒިމްއަކީ ގައުމަށް އިޚްލާސްތެރި ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ، މީހަކަށް ދެރައެއް ނުދޭނެކަން އަޅުގަނޑަށް ޔަގީން” އާޒިމް ވިދާޅުވިއެވެ.
ނާޒިމްއަށް އެވަރުގެ ބޮޑު އަނިޔާއެއް ރައީސް ޔާމީން ދެއްވިއިރު، ނާޒިމްގެ ކަންކަމުގައި ނޫޅުއްވުމަށް ވެސް އާޒިމްއަށް ރައީސް ޔާމީން އޭރު އެންގެވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑު ގާތުގައި ރައީސް ޔާމީން ވިދާޅުވި ނާޒިމްގެ ކަންކަމާ ނޫޅޭށޭ ވެސް. އަޅުގަނޑު ގަބޫލެއް ނުކުރަން ނާޒިމް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް، އެހެންވެ އަޅުގަނޑު ކޯޓުތަކަށް ގޮސްފައި ބަރާބަރަށް ނާޒިމްގެ ކަންތަކުގައި އުޅުނިން އެސްޓީއޯގައި މަސަތްކަތް ކުރަމުން ވެސް”އާޒިމް ވިދާޅުވިއެވެ.
އަދި މި ހާދިސާގެ ހަގީގަތް އެނގުމުން ކޮންމެ ގޮތެއް ހަދައިފައި ވެސް ނާޒިމް މިނިވަން ކުރުމަށް އޭރު އަޒުމު ކަނޑައެޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސިޔާސީ ދާއިރާއަށް ވަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ، އަނިޔާވެރިކަން އިސްކުރާ ނަމަ އެ ބަޔަކާއެކު ނުތިއްބަވާނެ ކަމަށާއި އެކަން ރައީސް ޔާމީނަށް ވެސް އެނގި ވަޑައިގަންނަވާނެ ކަމަށެވެ.
ނާޒިމް ފްރޭމްކުރީ އެމްޑީޕީ އިން އަޑީގައި ތިބެގެން އަދީބު ލައްވާ، މިކަމަކީ ނަޝީދު އަދި އެމްޑީޕީ އިން ނާޒިމް ގެ ކިބައިން ހިފަންުޅުނު ބަދަލު ހިފުމެއްގެ ފެށުން…
ތިޔައީ ދެލައްކަޕަސެންޓް ތެދެއް!
އެދެން ފްރޭމް ކުރާވަރު މީހެއްތަ؟
އާން! ފްރޭމް ކުރާވަރު މީހެއް.