މިނިސްޓަރު ޔުމްނާ ކޮވިޑަށް ފައްސިވެއްޖެ

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިހާރު ހުންނެވީ އެކަހެރިވެގެން ކަމަށެވެ. އަދި ހުން އައިސް ރޯގާ ޖެހި ކަރުގަޔާއި ގައިގައި ރިއްސާކަމަށް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހައި ރިސްކު މީހުންނަށް މި ބަލި ޖެހިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މިނިސްޓަރ ޔުމްނާ ކޮވިޑަށް ފައްސިވެފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިނިސްޓަރ ޔުމްނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން