ޚަބަރު

މޫސަގެ ސުވާލެއް އެމްއާރްއެމްއަށް: 30 އަހަރު ކަޑަ ޖެހި ހަނދާނެއް ނެތް؟

  • މޫސަ މި ސުވާލު ކުރެއްވީ އެމްއާރްއެމްއިން އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ނުހިންގުމަށް ގޮވާލުމާ ގުޅިގެން
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު: ފޮޓޯ/ ވަން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ސަރުކާރުން އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގާތީ ފާޑު ކިޔުމުން، އެމްއާރްއެމްގެ ޒައީމަށް ނިސްބަތް ކުރައްވައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސަ ޓްވީޓެއް ކުރައްވައި އެޕާޓީއަށް އަމާޒު ކުރެއްވި ސުވާލެއްގައި 30 އަހަރުވަންދެން އިންތިހާބަށް ކަޑަޖެހި ހަނދާނެއް މިހާރު ނެތީތޯ އެއްސެވިއެވެ. އަދި ކަތީބުން ލައްވާ ވޯޓުފޮށި މަތީ ބަނޑު އެޅުއްވި ދުވަސްތަކާއި، އާއިލީ މީހަކަށް ނުބަލައި އެމަނިކުފާނާ ޚިޔާލު ތަފާތުވި އެންމެން ޖަލަށް ލި ދުވަސް ހަނދާން ނެތުނީތޯ ވެސް ސުވާލުކުރެއްވިއެވެ.

މި ސަރުކާރުގައި ރައީސް މައުމޫނުގެ ހިއްސާ ވާކަން ހަނދާނުން ފިލައިދިޔައީތޯ ވެސް މޫސަ އެއްސެވިއެވެ. އަދި މީގެ އިތުރުން އެމްއާރްއެމްއިން 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވެ، އިންތިހާބަށް "ދޮން ކުރަނީތޯ"ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

އެމްއާރްއެމްއިން އިއްޔެ ނެރުނު ބަޔާނުގައި ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް ހިންގުމާއި، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް ވެވަޑައިގެންނެވި ވައުދުތަކަށް ވެސް ފާޑު ކިޔައިފައިވެއެވެ.

އެގޮތުން އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަނަށް ފޯރިއާ އެކު އެކި ޕާޓީތަކުން ކެންޕެއިން ކުރަމުންދާއިރު، އިންތިޚާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

"ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ޙައްޖާއި ޢުމްރާ ދަތުރާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާއާއި އަސާސީ އެހެނިހެން ޚިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިޚާބުގެ މާނަ އޮޅޭ ފަދަ މިންވަރަށް ރާއްޖޭގައި މިހައިތަނަށް ބޭއްވި އިންތިޚާބުތަކުގައި ހިނގައިފައިވާ ކަންކަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުން ނެތް ވަޢުދުވުމަކީ ވެސް ކެނޑިޑޭޓުން ކެމްޕެއިންތެރޭގައި ކުރާ ކަންކަމެވެ." ޕާޓީގެ ބަޔާނުގައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި ވަރަށް ގިނަ މަޝްރޫއުތަކެއް ވެސް ފަށައިފައެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމަށް ބަޖެޓުން ބޭރުން ފެށި ބިޔަ މަޝްރޫއުއެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

Ads by PNC
  1. އައިސް

    ދެން މައުމޫނަކަށް ނު ބަވާނަން މާގިނައިން އެއްޗިހިކިއިއްޖެ ކުރިން އެހެން ވެސް ބުނި

  2. މުންޖިޗޭ

    އެއްވެސް ބައެއްގަ ލައްވާނުލާ މީހުން ތިލަވެ ތިހެން ބުނެލާ ބަހެކޭ ޖަމަލު ފޮޑިއެކޭ ތަފާތެއްނެތް، ބައެއްގެ ގާތަށް ކޮފިގެން އުޅުނަސް ތިއީ މިހާރު ކަހަރުވަކެކޭވެސް އެމީހުން ހީނުކުރޭ. ހަޕްކިޔައިގެންހުރެވޭތޯ ގަދައަޅައި މަސައްކަތްކުރުން ބުއްދިވެރި. އެހެންނޫނީ ސޯޓުބޭލޭލެއް ގިނަވާނެ