ޚަބަރު

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ، 25 ރަށް މޮނިޓަރިންގައި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޕްރޮންޓް ލައިނުގައި މަސަތްކަތްކުރާ މީހުން

އަތޮޅުތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ އަދަދު 25އަށް އަރައިިފިއެވެ. 

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިއަދު ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެޗްޕީއޭއިން އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ނ. ކުޑަފަރިއާއި ގދ. ތިނަދޫއެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު ވަނީ 7 ރަށެއް މޮނިޓަރިންއަށް ގެނެސްފައެވެ.

އޭގެ ތެރޭގައި ބ.ގޮއިދޫއާއި، ޅ.ކުރެންދޫއާއި، ހދ. ކުޅުދުއްފުއްޓާއި، ލ.ދަނބިދުއާއި، ލ. ހިތަދުއާއި، ށ. ކަނޑިތީމުގެ އިތުރުން ވ. ކެޔޮދޫ ވެސް ހިމެނެއެވެ. އަދި މިމަހުގެ 19ގައި ކ. ގުރައިދޫއާއި، ބ.އޭދަފުށި މޮނިޓަރިންއަށް ލައިފައިވާއިރު 16ގައި މޮނިޓަރިންއަށް ލައިފައި ވަނީ ގދ. ގައްދޫ، ރ.އުނގޫފާރު އަދި ހދ. ހަނިމާދޫއެވެ.

މީގެ އިތުރުން މިމަހު 14ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރޭގައި ށ. ފުނަދޫ، ބ. ދަރަވަންދޫ އަދި ދ. ބަނޑިދޫ ހިމެނެއެވެ. އަދި މިމަހުގެ 9 ވަނަ ދުވަހު ހދ. ނޮޅިވަންފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، 8ވަނަ ދުވަހު ލ. ފޮނަދޫ ވަނީ މޮނިޓަރިންއަށް ލައިފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ކޮވިޑުގެ މައުލޫމާތުން ދައްކާ ގޮތުގައި މިހާރު މޮނިޓަރިންގައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތީ ޑިސެމްބަރު މަހު 30ގައި މޮނިޓަރިންއަށް ލައިފައިވާ ކ. މާފުއްޓާއި 31 ޑިސެމްބަރުގައި މޮނިޓަރިންއަށް ލައިފައިވާ ހއ. އިހަވަންދޫއެވެ.

މޮނިޓަރިންގެ ހާލަތަށް ނުގެންނަ ބައެއް ރަށްރަށުގައި ވެސް ކޮވިޑް-19 ދަނީ ހަލުވިކަ މާއެކު ފެތުރެމުންނެވެ.

ރާއްޖެއިން އިއްޔެ ފެނިފައިވާ ވޭދަނަތަކަށް ބަލާއިރު 2484 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!