ޚަބަރު

އައްޑޫގެ ހާލަތު ގޯސް، އިތުރު 105 މީހުން ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އައްޑޫ ސިޓީ

އައްޑޫ ސިޓީއިން އިތުރު 105 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ފައްސިވީ 105 މީހުންނާ އެކު،އެ ސިޓީއިން ފައްސިވީ މީހުންގެ އަދަދު 4005އަށް އަރައިފިއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން ހަރަކާތްތެރި ވޭދަނަތައް ގިނައީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިހާރު 331 މީހަކަށް ކޮވިޑް ޖެހިފައި އެބަތިއްބެވެ. އަދި މަރަދޫފޭދޫން 31 މީހަކާއި ފޭދޫން 164 މީހެއް މިހާރު ބަލި ޖެހިފައި ތިބި އިރު މީދޫން 133 މީހަކާއި ހުޅުދޫން 61 މީހެއް އަދި މަރަދޫން 34 މީހަކު މިހާރު ތިބީ ބަލި ޖެހިގެން ކަރަންޓީނުގައެވެ. މީގެ އިތުރުން ރިސޯޓުތަކުން 19 މީހަކަށް ވެސް ބަލިޖެހިފައި އެބަތިއްބެވެ.

އައްޑޫ ސިޓީން މިހައިތަނަށް 42438 ސުންކު ނެގިފައިވާއިރު ގާތުން އެއްތާވި މީހުންގެ ގޮތުގައި 520 މީހުން ހިމެނެއެވެ. އަދި އިއްޔެ އެ ސިޓީއިން ނެގުނު ސުންކުތަކުގެ އަދަދަކީ 316އެވެ.

އައްޑޫ ސިޓީން މިހާރު 3214 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ކޮވިޑް ފެސިލިޓީގައި މިހާރު 2 މީހަކަށް ފަރުވާ ދެމުންދާއިރު އެ ސިޓީން މި ބަލީގައި 14 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރު ވަމުންދާތީ ސިޓީ ކައުންސިލުން މިހާރު ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެ ސިޓީގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ހަފްލާތަކާއި ޖަލްސާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!