ލައިފްސްޓައިލް

ދަ ބޯއިޒްގެ މެމްބަރު އެރިކް ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ދަ ބޯއިޒްގެ އެރިކް

ދެކުނު ކޮރެއާގެ މަޝްހޫރު ގްރޫޕް،ބޯއީޒްގެ މެމްބަރު އެރިކް ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by STELCO

އެ ގުރޫޕުގެ އޭޖެންސީ އައިއެސްޑީ އެންޓަޓެއިންމަންޓުން ވަނީ އެ ގުރޫޕުގެ ރަސްމީ ފޭންކެފޭގައި ބަލި  ޖެހިފައިވާކަން އިއުލާން ކުރުމަށް ރަސްމީ ބަޔާނެއް ނެރެފައެވެ.

އެ އެޖެންސީއިން ބުނެފައި ވަނީ އެރިކް ފައްސިވުމުން އެ އެޖެންސީގެ އެހެން ސްޓާފުން ވެސް ފައްސިވެފައިވާ ކަމަށާއި، މިހާރު އިންތިޒާރު ކުރަމުން ދަނީ ޓެސްޓުގެ ނަތީޖާއަށް ކަމަށެވެ. އަދި އެ އެޖެންސީއިން ވަނީ މިދިޔަ ހަފްތާގެ އެ އެޖެންސީއާ އެކު މަސައްކަތް ކުރި ފަރާތްތަކާ ވެސް މި ޚަބަރު ހިއްސާކޮށްފައިކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެހެން މެމްބަރުންގެ ނަތީޖާ ލިބުނުހައި ވެސް އަވަހަށް ނޫސްބަޔާނެއް ނެރޭނެކަމަށް އެ އެޖެންސީއިން ވަނީ ބުުނެފައެވެ. އަދި ދަ ބޯއިޒްގެ އޮފިޝަލް ސެޑިއުލު ބަދަލުކޮށް، އެމީހުންގެ ޕޭޖު މެދުވެރިކޮށް އަންގާނެކަމަށް ވެސް ބުނެފައިވެއެވެ.

އެ އެޖެންސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސިއްހީ ދާއިރާގެ އިރުޝާދުތަކާ އެއްގޮތަށް މިހާރު ކަންތައް ކުރަމުން ދާކަމަށެވެ. އަދި އެ އެޖެންސީގެ އާޓިސްޓުންނާއި މަސައްކަތްތެރިންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި އެންމެ ބޮޑަށް މަސަތްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!