ޚަބަރު

މޮނީޓަރިންގެ ރަށްތައް އިތުރުވަނީ، މިވަގުތު 29 ރަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ގދ. ވާދޫ/ ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އިތުރު ރަށްތަކެއް އަނެއްކާ ވެސް މޮނީޓަރިންއަށް ލައިފިއެވެ.

Ads by MWSC

މިއަދުގެ މިހައިތަނަށް އިތުރު ދެ ރަށް މޮނީޓަރިންއަށް ލުމާ ގުޅިގެން، މިހާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ބަންދުގައި އޮތް ރަށްތަކުގެ އަދަދު މިވަނީ 29އަށް އަރައިފައެވެ.

އެޗްޕީއޭއިން މިއަދު މޮނީޓަރިންއަށް ލައިފައި ވަނީ ގދ. ވާދޫއާއި ށ. މިލަންދޫއެވެ.

މި ދެ ރަށުގެ އިތުރުން މިހާރު އެޗްޕީއޭގެ ބަންދުގައި އޮތީ:
▪︎ ކ. މާފުށި
▪︎ ހއ. އިހަވަންދޫ
▪︎ ހދ. ނޮޅިވަރަމްފަރު
▪︎ ށ. ފުނަދޫ
▪︎ ބ. ދަރަވަންދޫ
▪︎ ދ. ބަނޑިދޫ
▪︎ ލ. ގަން
▪︎ ގދ. ގައްދޫ
▪︎ ރ. އުނގޫފާރު
▪︎ ހދ. ހަނިމާދޫ
▪︎ ކ. ގުރައިދޫ
▪︎ ބ. އޭދަފުށި
▪︎ ހއ. ދިއްދޫ
▪︎ ތ. ގުރައިދޫ
▪︎ ބ. ގޮއިދޫ
▪︎ ޅ. ކުރެންދޫ
▪︎ ހދ. ކުޅުދުއްފުށި
▪︎ ލ. ދަނބިދޫ
▪︎ ލ. ހިތަދޫ
▪︎ ށ. ކަނޑިތީމު
▪︎ ވ. ކެޔޮދޫ
▪︎ ނ. ކުޑަފަރި
▪︎ ގދ. ތިނަދޫ
▪︎ ގދ. މަޑަވެލި
▪︎ އދ. މަހިބަދޫ
▪︎ ދ. ކުޑަހުވަދޫ، އަދި
▪︎ ދ. ހުޅުދެލިއެވެ.

މޮނީޓަރިންގައި މިވަގުތު އޮތް ރަށްތަކަށް ބަލާއިރު އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތީ ކ. މާފުށްޓެވެ. އެ ރަށް މޮނީޓަރިންއަށް ލައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!