Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑުން ރަނގަޅުވާ ކުދިންނަށް ޖެހޭ ބައްޔެއް ރާއްޖެއިން އަނެއްކާ ވެސް ފެނިއްޖެ

ކޮވިޑުން ރަނގަޅުވާ ކުދިންނަށް ޖެހޭ ބައްޔެއް ރާއްޖެއިން އަނެއްކާ ވެސް ފެނިއްޖެ

ކޮވިޑް-19އިން ރަނގަޅުވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ރާއްޖެއިން އަނެއްކާ ވެސް ފެނިއްޖެއެވެ.

މި ނުރައްކާތެރި ބަލީގެ ވޭދަނައެއް ރާއްޖެއިން އަނެއްކާ ވެސް ފެނިފައިވާކަން ހާމަ =ކޮށްފައި ވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްއެވެ.

ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ކުރާ މި ބަލީގެ ވޭދަނައެއް ރާއްޖެއިން ފުރަތަމަ ފެނިފައި ވަނީ، ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައި މިދިޔަ އަހަރުއެވެ. އޭރު މި ބަލި ހަތް ކުދިންނަށް ޖެހުނުކަމަށް އެނގިފައިވެއެވެ.

Advertisement
HDC — Sidebar (box)

ޑރ. ފައިސަލް ވިދާޅުވީ މިސް-ސީ ބަލި ޖެހެނީ ކޮވިޑުން ރަނގަޅުވާތާ 4-2 ހަފްތާގެ ތެރޭގައި ކަމަށާއި އާންމުކޮށް ބަލި ޖެހެނީ އުމުރުން 10-3 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރަށަކުން މި ބަލީގެ ވޭދަނައެއް އަނެއްކާ ވެސް ފެނިފައިވާ ކަމަށެވެ. އެ ކުއްޖާއަށް މި ބަލި ޖެހުނީ މިދިޔަ ޑިސެމްބަރު މަހު ކޮވިޑަށް ފައްސިވެގެން ރަނގަޅުވީ ފަހުންކަން އެނގިފައިވެއެވެ.

މީގެ ހަތަރު ދުވަސް ކުރިން އެ ކުއްޖާ ހުން އައިސް، ހޮޑުލައި ބަނޑު ވެސް ދިޔާވި ކަމަށާއި އެންމެ ފަހުން ލޭގެ ޕްރެޝަރު ދަށްވީ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

މިއީ އަތޮޅުތެރެއިން މިސް-ސީ ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް