ޚަބަރު

މާފުށީ ޖަލުގައި ބަލި ޖެހިފައިވާ ގައިދީންގެ އަދަދު 62އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ތިބީ 62 ގައިދީއަކު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

Ads by MWSC

އެ އިދާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާފުށީ ޖަލުން 7 އޮފިސަރަކާއި 62 ގައިދީން ވަނީ ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އެ މީހުންނާ ގާތުން އެއްްތާވި މީހުންގެ ގޮތުގައި 210 ގައިދީއަކު ފާހަގަކުރެވި އެމީހުން ވަނީ އެކަހެރިކޮށްފައެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. މާފުށީ ޖަލުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

އެގޮތުން އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!