ޚަބަރު

މަހްލޫފްގެ މައްސަލަ ފެށުން ލަސްކުރަން ނިންމީ މައްސަލަ ބަލާ ސެކްޝަނެއްގެ ގާޒީއެއް: ކްރިމިނަލް ކޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ ޝަރީއަތްތައް ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ފަށަން ނިންމީ، ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަކުން ނޫން ކަމަށާއި އަދި އެއީ މައްސަލަ ބައްލަވާ ސެކްޝަނެއްގެ ގާޒީއެއްގެ ނިންމެވުމަށްކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިހެން ބުނެފައި މިވަނީ، ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން މިނިސްޓަރ މަޙްލޫފުގެ މައްސަލަތައް ފަށަން ފަސް ކުރުމާ ގުޅިގެން، ވަރަށް ގިނަ ފާޑުކިޔުންތަކެއް އެ ކޯޓަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ގާޒީންނަށް ހަވާލުކުރުމަށް ފަހު ޝަރީއަތްކުރާ ސެކްޝަންތަކުގައި މައްސަލަ ތާވަލު ކުރާނެ ގޮތަކީ އެ ސެކްޝަނުގެ ގާޒީއެއްގެ ނިންމެވުމެއް ކަމަށެވެ.

މިނިސްޓަރ މަޙްލޫފްގެ މައްސަލަ ބެލުން ފަސްކުރުމާ ގުޅިގެން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ އެކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޓްރާންސްޕޭރެންސީން ބުނީ، މަހްލޫފްގެ މައްސަލަ ބެލުން ފަސްކޮށްފައި ކޯޓުގެ އެހެން ޝަރީއަތްތައް ހިންގަމުން ދާތީ، އެ ކޯޓުން އަމަލު ކުރަމުން ގެންދާ އުސޫލުތަކާ މެދު ދެފުށް ފެންނަ ގޮތެއް ނެތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައެވެ.

Ads by Allied Insurance
  1. ކިނބޫ

    މަހުލޮޮފުގެ މައްސަލައަކީ މިހަރު އަރަތެއް ކަމަށް ވެފަ އޮންނަ ކަމެއް.

  2. ހައްގު،ހައްގުބަސް

    ކުރިމިނަޅް ކޯޓް، ހައިކޯޓް،ޕޮލިހުންގެ އިދާރާ، ފެއްނަން ހުންނަ ހަގީގަތް ވެސްކޮއްމެވެސް ބަހަނާ އިބާރަތަކުންމިހާ ތަނަށް އައްނަނީ ރައިޔަތުންގެ ލޮލުގައި އަދުން އަޅުވަމުން މީފެއްނަން އޮތް ހަގީގަތެށް. ދެންއޮތީ ޓްރާސް ޕޭރެންސީ އަށްކަންބޮޑުވެގެން މައްސަލަ ޖެއްސި އެށްވެސް ކަމެށް މިސަރުކާރުން ހައްލުކުރިތޯ ނުވަތަ އަޑުއެހިތޯ؟