ޚަބަރު

ދ.އެއަރޕޯޓްގެ މުވައްޒިފުންނަށް މިނިމަމްވޭޖް ނުދޭ ކަމަށް ބުނެ ހަޅުތާލުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދ. އެއާޕޯޓު ހޯލްޑިންސް ކުޑަހުވަދޫގައި ހިންގާ އެއަރޕޯޓްގެ މުވައްޒިފުންނަށް މިނިމަމްވޭޖް ނުދޭ ކަމަށް ބުނެ ހަޅުތާލު ކުރަން ފަށައިފިއެވެ.

Ads by STELCO

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދައްކަމުން ކުޑަހުވަދޫ އެއަރޕޯޓްގެ މުވައްޒިފަކު ބުނެފައި ވަނީ، މިއަދު އެ އެއަރޕޯޓްގެ އޮޕަރޭޝަންސްގައި މަސައްކަތް ކުރާ 24 މުވައްޒިފުންގެ ތެރެއިން 23 މުވައްޒިފަކު ވަޒީފާއަށް ނިކުތަސް މަސައްކަތުގައި ބައިވެރި ވެފައި ނުވާ ކަމަށެވެ.

އޭނާ ބުނެފައި ވަނީ މިއަދު ހެނދުނުން ފެށިގެން މަސައްކަތް ހުއްޓައިލައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިވާ ކަމަށެވެ.

މިނިމަމްވޭން ނުލިބުނުމުގެ އިތުރުން، އިތުރު މައްސަލަތަކެއް ވެސް އޭނާ ފާހަގަ ކުރިއެވެ. މިގޮތުން، ދ. ކުޑަހުވަދޫގެ ބިމުން ބޮޑުބައެއް އެއްވެސް ކުއްޔަކާ ނުލައި ހިލޭ ސާބަހަށް އެއަރޕޯޓަށް ދީފައިވާއިރު މުވައްޒަފުންނަށް އުޖޫރަ ދިނުމުގައި ތަފާތުކުރުމާއި އެންމެ ކުޑައުޖޫރައެއްދޭ އެއަރޕޯޓްގެ ގޮތުގައި އެ އެއަރޕޯޓް އޮންނަކަން އޭނާ ފާހަގަ ކުރިއެވެ.

އަދި މުސާރަ ބޮޑުކޮށްދޭނެ ކަމަށްބު ނެ ދޮގުހަދައި އޮޅުވައިލަމުންދާތާ އެތަކެއް އަހަރެއް ވެފައިވާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މިނިމަން ވޭޖް ނުދީ ހަތަރު މުވައްޒިފުންގެ މަސައްކަތް އެކަކު ލައްވައި ކުރުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މަސައްކަތަށް އެނބުރި ދާނީ، މުސާރައިގެ މައްސަލައިގައްޔާއި، އިތުރު ކަންބޮޑުވުންތަަކަށް މެނޭޖްމެންޓުން ހައްލު ހޯދައިދިނުމުން ކަމަށް އެއަރޕޯޓްގެ މުވައްޒިފުން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!