Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަނާ ގަޑީގައި ކެމްޕެއިން ނުކުރުމަށް އީސީން އަންގައިފި

މަނާ ގަޑީގައި ކެމްޕެއިން ނުކުރުމަށް އީސީން އަންގައިފި

މިހާރު ކުރިއަށްދާ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ކެމްޕެއިން ކުރުމުގެ އެއްވެސް އަމަލެއް، އެއްވެސް ޕާޓީއަކުން ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން އިލްތިމާސް ކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަ ކުރަނީ އެމްޑީޕީއާއި ޕީޕީއެމް އަދި އެމްއެންޕީއެވެ. ތިން ޕާޓީގެ މެމްބަރުން ވެސް، އެހެން ޕާޓީތަކަށް، މަނާ ގަޑީގައި ކެމްޕެއިން ކުރާ ކަމުގެ ތުހުމަތު ކުރެއެވެ.

އެގޮތުން ށ.ކޮމަންޑޫގައި ހުންނަ ވޯޓުލާ މަރުކަޒު ކައިރީގައި އެމްޑީޕީގެ ކެނޑިޑޭޓް، މުހައްމަދު ރާޝިދު ކެމްޕެއިން ކުރައްވަން ހުންނެވި މައްސަލަ، ޕީޕީއެމް އަދި އެމްއެންޕީން ވެސް ވަނީ އީސީއަށް މިއަދު ހުށަހަޅައިފައެވެ.

Advertisement
Ooredoo — Truecaller (box)

އީސީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ކުރިއަށްދާ ބައި އިލެކްޝަންސްތަކުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުތަކާ ގުޅޭ ގާނޫނުތަކާ ހިލާފު ކެމްޕޭން ކުރުމުގެ އެއްވެސް އަމަލެއް މަނާ ގަޑީގައި ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ޓްވީޓުގައި އެމްޑީޕީއާއި ޕީޕީއެމް އަދި އެމްއެންޕީ ވެސް ވަނީ ޓެގް ކޮށްފައެވެ.

https://twitter.com/ElectionsMv/status/1489903708301590529

މިއަދުގެ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ 7 މައްސަލައެއް ވަނީ އީސީއަށް ހުށަހަޅައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ އެކު، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް މިއަދު އެބަކުރިއަށް ދެއެވެެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް