Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނުފޫޒު ފޯރުވާ ކަމަށް ބުނަން ފެށީ، އިންތިޚާބުން ބަލިވާނެކަން ޔަޤީން ވުމުން: ރޮޒައިނާ

ނުފޫޒު ފޯރުވާ ކަމަށް ބުނަން ފެށީ، އިންތިޚާބުން ބަލިވާނެކަން ޔަޤީން ވުމުން: ރޮޒައިނާ

މިއަދު ކުރިޔަށް ދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ، އިންތިޚާބުން ބަލިވާނެކަން ޔަޤީންވާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިން އިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓް ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅުން ވަނީ ރޭގެ ވަގުތެއްގައި، މި އިންތިޚާބަށް އެމްޑީޕީން ނުފޫޒު ފޯރުވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނަށް ދެ މައްސަލަ ހުށަހަޅައިފައެވެ. އަދި މިއަދު އިންތިޚާބު ކުރިޔަށް ދިޔަ ވަގުތު ހަތަރު މައްސަލައެއް ހުށަހަޅައިފައިވެއެވެ.

އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރުވިއުއެއްގައި ރޮޒައިނާ ވިދާޅުވީ، އިންތިޚާބު ކުރިޔަށް ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަަމަށާއި ކެންޕެއިން ކުރުމުގެ ފުރުސަތު ވެސް ހުރިހާ ޕާޓީއަކަށް ލިބުނު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މި އިންތިޚާބު ހިނގައިގެން މިދިޔައީ ވަރަށް ފްރީ އެންޑް ފެއަރު އިލެކްޝަނެއްގެ ގޮތުގައި. އެއްވެސް ބަޔަކަށް އުނދަގުލެއް ނެތި ކެންޕެއިން ކުރުމުގެ ފުރުސަތުތަކާއި ހުރިހާ ފުރުސަތުތަކެއް ލިބިގެން ކެންޕެއިން ކުރީ." ކެންޕެއިން ކުރަން ދިން ވަގުތު ހަމަވި ފަހުން ރޮޒައިނާއާއި އޭނާގެ ޓީމުން ކެންޕެއިން ކުރާ ކަމަށް ބުނެ، ރޭ ކޮމަންޑޫގައި ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ. މިކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، އެކަމަކީ ބަލިވާނެކަން ޔަޤީންވުމުން ކޮންމެ ވެސް ވާހަކައެއް ދައްކަން އިދިކޮޅުން ކުރި ކަމެއް ކަމަށެވެ.

"އެ ބޭފުޅުންނަށް، އެ ބޭފުޅުން އިއްޔެ ބޭއްވި ހިނގާލުމާއި ކަންތައްތަކާއި، އަޅުގަނޑުމެން ބޭއްވި ފަންކްޝަންއާ އަޅައި ކިޔާލީމަ، އެ ބޭފުޅުންނަށް އެހައި ހިސާބުން ބަލިވީ ކަމަށް ޤަބޫލު ކުރެވުނީމަކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. ބަލިވީމަ ވެސް ކޮންމެ ވެސް ވާހަކަތަކެއް ދައްކަން ޖެހޭނެތާ"

ރޮޒައިނާ ވިދާޅުވީ، މިއަދުގެ އިންތިޚާބު ރައްޔިތުންނަށް އެމްޑީޕީއިން ދީފައި ވަނީ، އެ ދާއިރާއަށް މިދިޔަ މި ތިން އަހަރު ކުރީގެ މެންބަރު މަރުހޫމް ހުސެއިން ވަހީދު ހުންނަވައިގެން ކޮށްދީފައިވާ، އަދި މިހާރު ވެސް ކޮށްދެމުން އަންނަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު މި ވޯޓުން އެނގިގެން ދިޔަ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް