ޚަބަރު

ދޮށީ ދެ ޕާޓީއާ ވާދަކޮށްލަން ކެރުމަކީ ޕާޓީގެ ކުރިމަގު އުޖާލާކަން އަންގައިދޭ ކަމަށް: އެމްއެންޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ދުވަސްވީ ދެ ޕާޓީއާ ވާދަކުރަން ކެރުމަކީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކުރިމަގު އުޖާލާކަން އަންގައިދޭ ކަމެއް ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ނާކާމިޔާބު ވުމާއި ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި އިންތިޚާބުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކާ އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަން ކަމަށެވެ.

އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެ ޕާޓީން މަޖިލިސް ތެރެއިން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ޕާޓީން އިތުރަށް ވިދާޅުވީ، ދިވެހިއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15 އަހަރު ވެފައިވާއިރުވެސް ދިވެހިރައްޔިތުން އެދޭ ތަރައްޤީއާއި ފުދުންތެރިކަން ނާން ކަމަށެވެ. އަދި އެމްއެންޕީން ކުރާނީ އެ މަސައްކަތް ކަމަށާއި ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އެ ޕާޓީގެ މަޤްސަދު ކަމަށް ވިދާޅުވިއެވެ.

މިއަދު އޮތް އިންތިޚާބުގައި އެމްއެންޕީގެ ކެނޑިޑޭޓް ހަންނާނަށް ލިބުނީ، 323 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 10 އިންސައްތައެވެ.

  1. ޜެއްކަބޭ

    މިހާރު ތިޔަހެރީ ތި ޕާޓީގެ އަސްލު ސައިޒުގައި، ދެންތިޔަށްވުރެ ޕާޓީ ކުރޮއަށް ދެވޭިަަސއ

  2. ކެރޭ

    ތިކަމުން އެނގުނުހާވެސް އެއްޗަކީ ތިޕާޓީއަކީ އެމް ޑީ ޕީ ގެ ޕަޕެޓެއްކަން! ޝުކުރިއްޔާާ. ވަރަށްސަލާން.