މެމްބަރު އަޙްމަދު ހަލީމްގެ ބައްޕާފުޅުގެ ކަށުނަމާދު މިރޭ 10:30ގައި

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަޙުމަދު ހަލީމްގެ ބައްޕާފުޅު، މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްޤުއްދޫސް އިބްރާހީމްގެ ކަށު ނަމާދު މިރޭ 10:30ގައި ކުރާގޮތަށް ހަމަޖައްސައިފިއެެވެ.
ގުއްދޫސް އަވަހާރަވެފައި ވަނީ، ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު މެންދުރުއެވެ.
ގުއްދޫސްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނަނީ އިސްލާމީ މަރުކަޒުގައެވެ.
ގުއްދޫސް އަވަހާރަވީ އުމުރުން 82 އަހަރުފުޅުގައެވެ. ގުއްދޫހަކީ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެއްގެ އިތުރުން ސަރުކާރަށް ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.