ޚަބަރު

ނަތީޖާއިން ޔަޤީންވީ ރިޔާސީ އިންތިޚާބު ޕީޕިއެމްއިން ކާމިޔާބު ކުރާނެކަން: ޑރ. ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

މިއަދު ބޭއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ފެނިގެން ދިޔައީ 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކުރާނެކަން ކަމަށް، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ އިންތިޚާބާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ، މުޅި ދައުލަތާއި، ކޯލިޝަން އެކުގައި ނިކުމެ ހުރިހާ ނުފޫޒެއް ފޯރުވުމުން ވެސް ކޮމަންޑޫ ދާއިރާގެ ވޯޓުގެ މެޖޯރިޓީ ބޮޑުތަނުން ގެއްލި ހަނިވެފައިވާ ކަމަށެވެ.

"މުޅި ދައުލަތާއި، ކޯލިޝަން އެކުގައި ނިކުމެ ހުރިހާ ނުފޫޒެއް ފޯރުވުމުން ވެސް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ވޯޓުގެ މެޖޯރިޓީ މިއޮތީ ބޮޑުތަނުން ގެއްލި ހަނިވެފައި. އެހެންވީމަ 2023 ޕީޕީއެމް ކާމިޔާބު ކުރާނެކަން ޔަގީން،ان شاالله. ޕީޕީއެމްގެ މަސައްކަތަށް ތަޢުރީފު ޙައްގު" ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު 240 ވޯޓުން ކާމިޔާބުކޮށްފައި ވަނިީ، އެމްޑީޕީންނެވެ. އިންތިޚާބުގައި ދެން ވާދަ ކުރި އެމްއެންޕީއަށް ލިބުނީ 300 އެއްހައި ވޯޓެވެ.

2019ވަނަ އަހަރު އެމްޑީޕީން މި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، 353 ވޯޓްގެ ތަފާތަކުންނެވެ. އެމްޑީޕީން ވިދާޅުވީ، މި ފަދަ ބަދަލެއް އައިސްފައި ވަނީ ތިން މެންބަރުން ވާދަ ކުރުމުން ކަމަށާއި އެޖެންޑާ-19އަށް ބޮޑު ތާއީދެއް އޮތްކަން އެނގޭ ކަމަށެވެ.

  1. ނާޗޫރު

    2023 ހަދާން ނައްތާލާ ހުރިހާ ރައްޔަތުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ލައިގެން ވެރިކަންކުރަން ފުރުސަތެއް ނުދޭނަން ﷲގެ ވާގިފުޅުން ނުވާނެތިޔަކަމެއް ވާނެކަމަކީ ޑްރަގްވިޔަފާރި ކުރެވިދާނެ

  2. އައްޔަބެ

    ބަލިވުމަކީ ކާމިޔާބެއް ކަމުގައިވަނީނަމަ، އަޅުގަޑުމެން މިތިބީ ހުރިހާ އިންތިހާބެއްގައިވެސް ޕީޕީއެމްށް ކާމިޔާބު ހޯދަދޭން ފޫގަޅައިގެންނެވެ.

  3. އުސްމާން

    ޖަމީލް ކަލޭ 4ކ ކިޔާބަލަ، ބުރާންތި ތީ ދިވެހިން ބަލައިގަންނަ ރުޑިއެއްނޫން މިފުމެނީ މަވަރު ނެތިގެން