ޚަބަރު

ބޮލަކަށް 3 ލައްކަ، ޖުމްލަ ބިލިޔަނެއް އިންތިޚާބަށް ޚަރަދު ކުރި: މޭޔަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

މިއަދު ކުރިޔަށް ދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން އިންތިޚާބު ކާމިޔާބު ކުރުމަށް ބިލިޔަނެއްހައި ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

Ads by MWSC

މުޢިއްޒު މިހެން ވިދާޅުވީ، އިންތިޚާބަށް ފަހު އިދިކޮޅުން މި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އިއުލާން ކުރުމާ ގުޅިގެން އެ ދާއިރާގެ ރަށްތަކުގައި ބަޖެޓް ނުކޮށްހުރި ބައެއް ކަންކަން ވަނީ ފަށައިފައެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން މުޢިއްޒު މިރޭ ވިދާޅުވީ، މި ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ގެންގާނެ ކަމަށް ބުނާ ތަރައްޤީ ގެނެސްދިނަމަ އިދިކޮޅުން ވެސް އުފާވާ ކަމަށެވެ، ނަމަވެސް އެ ޕްރޮޖެކްޓްތައް ހިންގައިފައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށާއި އިންތިޚާބާ ދިމާކޮށް، ވަޒީފާ ވެސް ބަހައިފައިވާ ކަމަށް މުޢިއްޒު ތުހުމަތު ކުރެއްވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން އިންތިޚާބާ ދިމާކޮށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހިސާބު ޖަހައިލާއިރު، ބިލިޔަނެއްހައި ރުފިޔާ ކޮމަންޑޫ ދާއިރާއަށް، އިންތިޚާބާ ގުޅިގެން ވަނީ ކަނޑައަޅައިފައި، ހޭދަ ކުރަން ފަށައިފައި ކޮމަންޑޫ ދާއިރާގެ އާބާދީއަށް ބަލާއިރު، ބޮލަކަށް ތިން ލައްކަ ރުފިޔާ ހޭދަ ކުރަން ފަށައިފައި" މުޢިއްޒު ވިދާޅުވީ ހޭދަ ކުރަން ފެށި ކަމަށް ވިދާޅުވީ، ކުރިޔަށް އޮތް ތާންގައި މަޝްރޫއުތަކަށް ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިޔަށް އޮތް ތާންގައި ފެނިގެންދާނެ މި މަޝްރޫއުތަކަށް ވާ ގޮތް. ވަޒީފާތަކަށް ވެގެންދާގޮތް"

މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން މި އިންތިޚާބާ ކުރިމަތިލީ، ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ދޮރުތައް ބަންދުކޮށްފައި ކަމަށެވެ. މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން މަޖިލީހުން އުވައިލާން މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވަމުން މުޢިއްޒު ވިދާޅުވީ، މިކަން ކުރީ ސަރުކާރާއި އިންޑިއާގެ ނުފޫޒު އިންތިޚާބަށް ފޯރުވާ އެކަން ބެލޭނެ މަގު ބަންދު ކުރަން ކަމަށެވެ.

މުޢިއްޒު ވިދާޅުވީ، މި އިންތިޚާބަކީ ޕީޕީއެމްއަށް ބޮޑު ކާމިޔާބެއް ކަމަށެވެ. މިގޮތުން ރައީސް ޔާމީން ގިނިކަންޏާ ނިކުމެ، ކޯލިޝަންގެ ހުރިހާ ވެރިންނާއި، މުޅި ސަރުކާރާ ދެކޮޅަށް ނިކުތުމުން އެމްޑީޕީއަށް ލިބުނީ އެންމެ 240 އިތުރު ވޯޓް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މި އިންތިޚާބަކީ ޕީޕީއެމް އަދި މި ޤައުމަށް ލިބުނު ކާމިޔާބެއް، އަދި މި ސަރުކާރަށް ލިބުނު ނާކާމިޔާބީއެއް" މުޢިއްޒު ވިދާޅުވިއެވެ.

  1. އަލީ ބިން ޔޫސުފް

    ބޮޑު ދީންވެރިއެއް ކަމަށް އުޅެފައި ދުނިޔެއާއި ހެދި ކޮންމެފަދަ ދޮގެއް ހަދަންވެސް ޖެހިލުމެއް ނެތީ އާޚިރަތް މަތިން ހަދާން ނެތީމާ ހެއްޔެވެ؟ ތިޔަ ފިތުނަވެރި ދޮގުތަކަށް ޖަވާބުދޭން ނުޖެހޭނެކަމަށް ހެއްޔެވެ؟ ހަމަ ހިލާ އެހެނެއް ނުވާނެއެވެ. މަރު އޮތީ ވަރަށް ކައިރީގައެވެ.

  2. ނާޗޫރު

    އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔާމިނު ނެގި ޑޮލަރަށްވުރެ މަދުދޯ؟؟ އަނގަނުގަޅާ

  3. ކެޔޮޅު

    ކަލޯ މޮޔަގޮވަނީތަ އިންތިޚާބު ބަލިވިމަ؟ ރައްޔިތުން ބަސް އިއްވައިފި. ޗައިނާ އައުޓު.

  4. އައިޝް

    ބޮލަކަށް ތިންލައްކަ ގާސިމް އިމްރާން އަންނި އިބޫ ލިބުވޯޓް ހަތަރުބަޔަށް މީހަކަށް 350 ރޔާމީން އަށް އެކަނި ލިބުނު ވޯޓް 1161 ރަތްލާޖެހި އެމްޑީޕިިިީގެ ދާއިރާއަކުން ބޮލަކަށް އެއްލަކަދީގެން ބޮޑުކޯލިޝަނަކަށް ދިވެރާއްޖޭގެ އެމްޑީޕިީ ފެށުނީސްސުރެ އެމްޑީޕީ މެޖޯރޓީނަގަމުން އައިދާއިރާއަކުން ރ ޔާމީން އަށް އެދާއިރާގެ ރައްޔަތުންގެތާއީދު އޮކަންއެެއޮތީފެންނަން

  5. ޔާނު

    ކަލޯ މޮޔަގޮވަނީތަ އިންތިޚާބު ބަލިވިމަ؟ ރައްޔިތުން ބަސް އިއްވައިފި.