ވިޔަފާރި

50 ގަޑިއިރުގެ ޑައިވިންގް ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލު ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން، 50 ގަޑިއިރުގެ ޑައިވިންގް ހަރަކާތް ކަމަށްވާ "އޯޝަން 50/6" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެެ.

Ads by MWSC

މި ހަރަކާތަކީ ޔުނިކްސް ސްޕޯޓިންއާއި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ 50 ގަޑިއިރަށް ދެމިގެންދާ ހަރަކާތެކެވެ.

މި މަހުގެ 25އިން 27އަށް ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވާ ޑައިވަރުންނާ ޝަފްރާޒް ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރާނެއެވެ.

އެނގިފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށްދާ 50 ގަޑިއިރު ޝަފްރާޒް ހޭދަ ކުރާނީ ކަނޑު އަޑީގައެވެ. މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށްވާތީ، މި ހަރަކާތް ވެގެންދާނީ ސަރަހައްދީ ރެކޯޑަކަށެވެ.

މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގައާއި، ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާ ޑައިވަރުންނާއި، މެރިން ރިސާޗަރުން އަދި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަންކޮށް، ތިމާވެއްޓާ ގުޅޭ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

  1. ލާމު

    ބޯ ސޮރެއް