ކޮވިޑް ބަލީގައި އަނެއްކާ ވެސް އިތުރު މަރެއް
ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މިއަދު ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 67 އަހަރުގެ އަންހެނަކު މިއަދު ހެނދުނު، 08:50 ހައިއިރު ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 284 ވަނަ މީހާއެވެ.
އިއްޔެ ވެސް ކޮވިޑް ޖެހިގެން އުމުރުން 21 އަހަރުގެ ޒުވާނަކު ނިޔާވިއެވެ. އެއީ ރާއްޖޭގައި މިހައިތަނަށް މިބަލީގައި ނިޔާވި އެންމެ ހަގު މީހާއެވެ.
ކޮވިޑްގެ ވޭދަނަތައް މަޑުމަޑުން ދަށަށް ދާން ފެށި ނަމަވެސް، އަދިވެސް އަދަދުތައް އުޅެނީ 1،700އިން މަތީގައެވެ. އެގޮތުން އިއްޔެ ވެސް 1،757 މީހަކު މިބައްޔަށް ފައްސިވިއެވެ.
Ads by Allied Insurance