ޚަބަރު

ދޫނިތައް މަރައިލުން: އޭޖީގެ ރަހުމް ކުޑަ ލަފައަށް ގިނަ ބައެއްގެ ފާޑުކިޔުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރައިލައިފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އެ މިނިސްޓްރީން ވަނީ، 120 ދޫނި މަރައިލައިފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ދޫނިތައް މަރައިލީ، އެއީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް ކަަމަށް ބުނެ، އޭޖީގެ ލަފާގެ މަތިން ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީއާއި އޭޖީ ގުޅިގެން ހިންގި މި އަމަލު، އެތައް ބަޔަކު ސިފަކުރީ ވަރަށް ވެސް ރަހުމު ކުޑަ އަމަލެއްގެ ގޮތުގައެވެ. އަދި މިކަމާ ގުޅިގެން މީސްމީޑިއާގައި އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ސުވާލު ކޮށްފައިވަނީ، ގަވާއިދާ ހިލާފަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާ މެދު ކަންކަން ކުރަން އޭޖީ ލަފާ ދެނީ ކޮންގޮތަކަށްތޯއެވެ.

އެހެން މީހަކު ސުވާލު ކުރީ، ދޫނިތައް ހިމާޔަތް ކުރާނެ ކަމަށް ބުނެ، މިއަދު މަރައިލީ ކީއްވެތޯއެވެ.

އިތުރު ބަޔަކު ބުނީ، އެ ދޫނިތައް މަރައި ނުލައި ދޫކޮށްލި ނަމަ، ނުވަތަ ފަޅު ރަށަކަށް ގެންގޮސް ދޫކޮށްލުން ވެސް މާ ރަނގަޅުވީސް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެއަށް އެ ދޫނިތައް އެތެރެކޮށްފައި ވަނީ އެ މަސައްކަތް ކުރާ ޕެޓްމާސްޓަރ ކުންފުނިން މީގެ ތިން މަސް ދުވަސް ކުރިންނެވެ.

ދޫނިތައް ނައްތައިލައިފައި މިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓައިފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން އެ ދޫނިތައް މަރައިލީ އިންޖެކްޝަންތަކެއް ޖަހައިގެންނެވެ.

Ads by Allied Insurance
  1. ބަކމޫން

    ދޫނިތައް ރިސޯޓަކައް ހަދިޔާޖުރިނަމަ ބޭބަސް ފުރާނަތަކެއް މެރިކަނުގެ ފާފައިގަ ނޭޅިސަލާމަތްވީސް

  2. ޢަދަބު

    ކަންކުރީ އިންސާނާ
    މަރުގެ އަދަބު ލިބުނީ ދޫނިތަކަށް

  3. މިދޫނިތައްމެރުމުން ވެސް އެނގުނީ މި ސަރުކާރުގެ އަނިޔާވެރިކަން، މިބައިމީހުން ބޭނުންވެއްޖެނަމަ މީހުނަށް ވެސް ހަމަ މިގޮތަށް ކަންތައް ކުރާކަށް ޖެހިލުމެއް ނުވާނެ.

  4. އިއްބެ

    އެއްގާގަނޑު ންޖަހާ 110 ދޫނިމަރާލިކަލޭގެ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ދޫނިތަކުގެމަރުގެދިޔަ އަށް އެއްލައްކަދިހަހާސްރުފިޔާދެއްކުމަށްފަހުމިފައިސާދޫނިއެތެރެކުރިފަރާތަށްދެއްވަންޖެހޭ