ޚަބަރު

މިތިބީ އިންޑިއާގެ އަންހެނުންނާ އެކުގައި: އަނާރާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް--

އިންޑިއާގެ އަންހެނުންނާ އެކުގައި ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެެވެ.

Ads by Sosun Fihaara

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި ތައުލީމު ހާސިލު ކުރަމުން އަންނަ މުސްލިމު އަންހެން ކުދިންނަށް ބުރުގާ އަޅައިގެން ކިޔެވުމުގެ ފުރުސަތު ހަނިކޮށް، ކްލާހަށް ނުވެއްދި މައްސަލަ ވަނީ ހޫނުވެފައެވެ. މި މައްސަލައާ ގުޅިގެން އެ ސްޓޭޓުގެ ކޮލެޖުތަކާއި މަތީ ތައުލީމު ދޭ އިންސްޓިޓިއުޓްތައް ތިން ދުވަހަށް ބަންދު ކުރަން ވެސް ނިންމިއެވެ.

އަނާރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރުގާ އެޅުމަކީ އަސާސީ ހައްގެއް ކަމަށާއި، ދިވެހި މުސްލިމުން ވެސް ތިބީ އިންޑިއާގެ އަންހެނުންނާ އެކުގައި ކަމަށެވެ.

 

އިންޑިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގައި އިސްކޮށް ތިއްބަވާ ލީޑަރުންނަކީ ހިންދޫ ދީނުގެ ހަރުކަށި ފިކުރުގެ މީހުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

އެގޮތުން އިންޑިއާގައި މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ވެސް ބޮޑުވެފައިވާ އިރު، މިކަން ހައްލު ކުރުމަށް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުންނުދާ ކަމަށް އިންޑިއާގެ ގިނަ މުސްލިމުން ބުނެއެވެ.

Ads by HDC
  1. ޖާނޭ

    ދެން ދިވެހި މުސްލިމުންނަށް ހުންނާނީ ކޮން ލޯތްބެއް؟ ދިވެހި ސަރުކާރަށް އެކަން އެބަވިސްނޭބާ؟

  2. އަދުރޭ

    އަޅުގަނޱުވެސް ޱޮކްޓަރ އަނާރާ އާއިއެކު މުސްލިމް އަންހެނުންގެ ޙިމާޔަތުގައި ތިކުރައްވާ މަސައްކަތުގައި
    ބައިވެރިވެ ހުރެ ކަމަނައަށް ފައްފަށުން ޝުކުރުދަންނަވަން، شكرية