Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުކުރުދުވަހު މަޑިވަރަށް ދަތުރުތައް ފަށަނީ

ހުކުރުދުވަހު މަޑިވަރަށް ދަތުރުތައް ފަށަނީ

އަންނަ ހުކުރުދުވަހު ޅ. މަޑިވަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ކޮމާޝަލް ދަތުރުތައް އިފްތިތާހުކުރުމުގެ ގޮތުން މިމަހުގެ 18ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ.

މަޑިވަރު އެއާޕޯޓް ތަރައްގީކުރީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ކުރެއްދޫ ހޯލްޑިންގްސްއިންނެވެ. އެ ކުންފުނިން މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

Advertisement
Allied — Dhen Online (box)

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ.

މީގެ އިތުރުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ވެސް ވަނީ ގެންގޮސްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް