Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނައިފަރު ފްލެޓްތަކުގެ ފުރަތަމަ ތިން މަހުގެ ކުލި މަޢާފްކޮށްދީފި

ނައިފަރު ފްލެޓްތަކުގެ ފުރަތަމަ ތިން މަހުގެ ކުލި މަޢާފްކޮށްދީފި

ޅ. ނައިފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ހަވާލުވާ އާއިލާތަކަށް ފުރަތަމަ ތިން މަހުގެ ކުލި ސަރުކާރުން މައާފްކޮށްދީފިއެވެ.

މި ފްލެޓްތައް މިއަދު އެ ރަށު ކައުންސިލާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަވާލުކޮށްދެއްވައިފައެވެ. މި ފްލެޓްތަކަށް އަންނަ މަހު މީހުން ބަދަލުވާން ފަށާނެއެވެ.

ނައިފަރުގައި އެޅި ފްލެޓްތަކުގެ ފުރަތަމަ ތިން މަހުގެ ކުލި ސަރުކާރުން މަޢާފްކޮށްދީފައިވާކަން ހާމަކޮށްފައި ވަނީ، މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ތިން މަހުގެ ކުލި މަޢާފްކޮށްފައިވާކަން ސަރުކާރުން އަދި ހައުސިންގ މިނިސްޓްރީން ކައުންސިލަށް އަންގަވައިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އޭނާ ވިދާޅުވީ، ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ވެސް ސަރުކާރާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އުންމީދަކީ ކުލި ކުޑަވެ، ޖުމްލަ ދައްކަން ޖެހޭ އަދަދު ވެސް ކުޑަވުން ކަމަށެވެ.

20 އަހަރަށް ބަހައިލައިގެން، އެ ފްލެޓްތަކަށް މަހެއްގެ މައްޗަށް 5،000ރ. ދައްކަން ޖެހެއެވެ. އޭރުން ފްލެޓަކަށް ޖެހެނީ 1.2 މިލިޔަން ރުފިޔާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް