ވިޔަފާރި

ޕްރިމިއާ ލީގު މިހާރު ދިރާގު ޓީވީން ފެންނާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ލީގު ކަމަށްވާ އިންގްލިޝް ޕްރިމިއާ ލީގުގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ފެންނަ ގޮތް ހަދައިފި އެވެ. ދިރާގު ޓީވީން މި މެޗުތައް ދައްކާނީ ޗެނަލް 6 އިން "ނިއޯޓީވީ" އިންނެވެ.

Ads by STELCO

މި ހިދުމަތާ އެކު މިހާރު ޕްރިމިއާ ލީގުގެ މެޗުތައް އެޗްޑީ ކޮލިޓީގައި ބަލާލެވޭނެ އެވެ. ނިއޯ ޓީވީ ޗެނަލް ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހުރިހާ ޕެކޭޖްތަކެއްގައި ވެސް ވަނީ ހިމަނައިފަ އެވެ. އެހެންވެ ދިރާގު ޓީވީގެ ބޭސިކް ޕެކޭޖުން ވެސް ނިއޯޓީވީ ލިބޭނެ އެވެ.

ދިރާގު ޓީވީ ކަސްޓަމަރުންގެ އަދަދު 15،000 އަށް ވުރެ ގިނަ އެވެ.

ދިރާގު ޓީވީ މެނޭޖަރު ޒިހާރު ޒަރީރު ވިދާޅުވީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކުޅިވަރުގެ އެންމެ މަގުބޫލު ކޮންޓެންޓުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި، ނިއޯޓީވީން އީޕީއެލްގެ އިތުރުން ވެސް އެހެން ލީގުތަކާއި ކުޅިވަރުތައް ވަގުތުން ގެނެސްދޭން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އައިޕީޓީބީގެ ހިދުމަތެވެ. މި ހިދުމަތުގެ ދަށުން ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތަކާއި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތަކާއި، ލައިފްސްޓައިލް ޗެނަލްތައް ވެސް ލިބޭނެ އެވެ. މީގެ ތެރޭގައި ފުޑް ނެޓްވޯކާއި، ސްޓާގެ ޗެނަލްތަކާއި، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް ވެސް ހިމެނެ އެވެ.

މި ހިދުމަތް ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަކަށް ފޯރުކޮށްދީފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!