ޚަބަރު

ހިޔާ ފްލެޓުތަކުގައި ކުރިޔަށް އޮތް ތިން މަހު ކެމެރާ ހަރުކޮށް ނިމޭނެ: އެޗްޑީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް/ ދެން އިމޭޖްސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ތިން މަހެއްހައި ދުވަހުގެ ތެރޭގައި ނިމޭވަރު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޑީސީން ވިދާޅުވީ ހިޔާ ފުލެޓުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް 2 ކުންފުންޏަކާއި ހަވާލުކުރެވި، ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

“މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ” އެޗްޑީސީން ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީން ވަނީ 5 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި ⁦‪ޑައިނަމޯ ، މޭނާ ކޭޓަރިންގް، މާލަސް ކެފޭ، މީޑިއާނެޓް‬⁩ އަދި އައިޖީއެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!