Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަރީޝާގެ އެހީގެ ޕޯސްޓުގައިވާ އެކައުންޓު ނަންބަރު ބަދަލުކޮށް، އޮޅުވައިލައިގެން ފައިސާ ހޯދަން އުޅެފި

އަރީޝާގެ އެހީގެ ޕޯސްޓުގައިވާ އެކައުންޓު ނަންބަރު ބަދަލުކޮށް، އޮޅުވައިލައިގެން ފައިސާ ހޯދަން އުޅެފި

ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް ތަހައްމަލު ކުރަމުންދާ އަރީޝާ އަބްދުﷲއަށް އެހީ ހޯދުމަށް ޓަކައި އޭނާގެ އާއިލާގެ ފަރާތުން މީސްމީޑިއާގައި ކުރި ޕޯސްޓުގައިވާ ބޭންކު އެކައުންޓު ނަންބަރު ބަދަލުކޮށް، އޮޅުވައިލައިގެން ފައިސާ ހޯދަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން 23 އަހަރުގެ އަރީޝާ މާބޮޑަށް ބަލިވެ އުޅޭތީ، 2017ވަނަ އަހަރު، އިންޑިއާއިން ހެދި ޓެސްޓުތަކުން ޔަގީންވީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް އޭނާއަށް ޖެހިފައިވާ ކަމެވެ.

އެއީ ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަން ނުވަތަ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ޝޯގްރީން ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔެކެވެ.

Advertisement
Allied — Dhen Online (box)

މި ދެބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ހިތާއި ފުއްޕާމޭ ވެސް ބަދަލު ކުރުން ކަމަށް، އަރީޝާގެ އާއިލާގެ ފަރާތުން ވަނީ ބައެއް މީޑިއާތަކަށް ކިޔައިދީފައެވެ.

އަދި މިކަމަށް ޓަކައި އެހީއަށް އެދި، އަރީޝާގެ އެކައުންޓް ނަމްބަރު ހިއްސާ ކޮށްފައިވާއިރު، ފޭސްބުކްގައި "އަލީ ޝަމީމް މުހައްމަދު" މިނަމުގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުން ވަނީ އަރީޝާއަށް އެހީވާން އެދި "މުހައްމަދު އިބްރާހީމް" ނަމަަކަށް ކިޔާ މީހެއްގެ އެކައުންޓް ނަމްބަރު ހިއްސާ ކޮށްފައެެވެ. އެހެން ނަމަވެސް އަރީޝާއަށް އެހީވުމަށް އެދި، އޭނާގެ ފަރާތުން ހިއްސާ ކޮށްފައި ވަނީ "އަރީޝާ އަބްދުﷲ"ގެ ނަމުގައިވާ ބީއެމްއެލް އެކައުންޓް ނަމްބަރެކެވެ.

ފޭސްބުކް ޕޭޖަކުން މިކަން މީހުންގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، "އަލީ ޝަމީމް މުހައްމަދު"ގެ އައިޑީން ދައުރު ކުރަމުންދަނީ "ފޭކު" ޕޯސްޓެއްކަން އަންގައިދިނުމަށް، ބައެއް މީހުން އެ ޕޯސްޓަށް ކޮމެންޓް ވެސް ކޮށްފައި ވެއެވެ.

ތަފާތު އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ ބައެއް މީހުންނަކީ ބޭސްފަރުވާގެ ކަންކަމަށް މުޖްތަމައުގެ އެހީއަށް އެދޭ މީހުންނެވެ. މިފަދަ ޕޯސްޓުތައް މީސްމީޑިއާގައި ގިނަ ވަމުން އަންނައިރު، ޕޯސްޓުތަކުގައިވާ އެކައުންޓް ނަމްބަރު ބަދަލުކޮށް އޮޅުވައިލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ.

އެހެންކަމުން، އެެއްވެސް މީހަކަށް އެހީވާން ބޭނުން ނަމަ، ފައިސާ ފޮނުވެނީ ރަނގަޅު އެކައުންޓް ނަމްބަރަށްތޯ ބެލުމަކިީ މުހިންމު ކަމެކެވެ.

https://twitter.com/areesha_abdulla/status/1498655950223609863

އަރީޝާއަށް އެހީވާން ބޭނުން ނަމަ، އޭނާގެ ފިރިމީހާ އަލީ ޝިފްރާޒްގެ ފޯނު ނަމްބަރު، 7614312އަށް ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުމަށް އާއިލާއިން އެދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް