Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޭނުން އަގަކު ޓެކްސީ ދަތުރެއް ނުކުރެވޭނެ، ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް މިނިސްޓްރީ

ބޭނުން އަގަކު ޓެކްސީ ދަތުރެއް ނުކުރެވޭނެ، ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް މިނިސްޓްރީ
މާލޭ ސަރަހައްދުގައި ބޭނުން އަގަކަށް ޓެކްސީތަކުގެ އަގު ބޮޑު ނުކުރެވޭނެ ކަމަށާއި އެފަދައިން ކަންތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ބާޒާރުން ތެލުގެ އަގު ބޮޑުވެ ރާއްޖޭގައި ވެސް އެ އަގު ބޮޑުވެފައި ވާތީ، މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ 14 ޓެކްސީ ސެންޓަރަކުން ރޭ ބައްދަލުވުމެއް ބާއްވައި، ނިންމައިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށެވެ. ޓެކްސީ ސެންޓަރުުތަކުގެ މި ނިންމުމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ، އެ ފަދައިން އެކަން ނުކުރެވޭނެ ކަމަށާއި އެފަދައިން އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. "މިނިސްޓްރީން ފާސްކޮށް އިއުލާނު ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ފަރާތްތަކާ މެދު ޤާނޫނާ ޤަވާއިދުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެ" ޝިމާޒް ވިދާޅުވިއެވެ. ޓެކްސީ ސެންޓަރުތަކުން ޚިދުމަތަށް ގެންނަން ނިންމި ބަދަލު:
  • މާލެ ސިޓީގެ އެތެރޭގެ ދަތުރެއް، 30 ރުފިޔާއަށް
  • ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް، 25 ރުފިޔާއަށް
  • މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް، 100 ރުފިޔާއަށް
  • މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް 80 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް 120 ރުފިޔާއަށް
  • މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް، 100 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް، 120 ރުފިޔާއަށް
  • ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް 40 ރުފިޔާއަށް
މީގެ އިތުރުން ރޭގަނޑު 12:00އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށް ނިންމިއިރު، ކުއްޔަށް ނަގައިގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް