Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިފައިންގެ މީހަކަށް ލަޓިބުރިއަކުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ސިފައިންގެ މީހަކަށް ލަޓިބުރިއަކުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ލަޓިބުރިއަކުން ސިފައިންގެ މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ސިފައިންގެ މީހާއަށް ފިރިހެނަކު ހަމަލާދީފައި ވަނީ އޭނާ ސައިކަލުގައި ދަނިކޮށް، ސައިކަލު ކުރިމައްޗަށް އަރައި ހުއްޓުވުމަށް ފަހު ތުނި ލަކުޑި ފަތިގަނޑަކުންނެވެ.

ސިފައިންގެ މީހާއަށް އެ ލަކުޑިބުރިން ހަމަލާ ދިނުމުން އޭގެން އަނިޔާއެއް ނުވުމުން ފަހުން އަތުން ވެސް ސިފައިންގެ މީހާގެ ގައިގައި ޖެހިކަމަށް ވެއެވެ.

Advertisement
Ooredoo — Truecaller (box)

ސިފައިންގެ މީހާއަށް ހަމަލާ ދިން އިރު، އެ މީހާއާ އެކު ސައިކަލުގައި ކުޑަކުއްޖަކު ވެސް އިން ކަމަށް މައުލޫމާތު ލިބެއެވެ. ހަމަލާ ދިން މީހާ ހުއްޓުވައިފައި ވަނީ އެ ތަނުގައި ތިބި އާއްމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މާފަންނު މަދަރުސާ ކައިރިން މާރާމާރީއެއް ހިނގައި މިއަދު މެންދުރު 1:19ހައިއިރު ހުށަހެޅި ކަމަށާއި އެކަމާ ގުޅިގެން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް