Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ބާރަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާއަށް ނިސްބަތްވާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މި ވަނީ، އެމީހާ އުމުރުން 12 އަހަރުގެ ކުޑަ ކުއްޖެއްގެ އަތުގައި ހިފިކަމުގެ މައްސަލައެއް މިއަދު ވަނީ ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން ޓްވިޓާގައި މީހަކު އެ ބިދޭސީ މީހާގެ ފޮޓޯއާ އެެކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އެމީހާ އެ ކުޑަކުއްޖާ ގޭ ތެރެއަށް ވަންނަނިކޮށް އަތުގައި ހިފައި ބޭރަށް ދެމި ކަމަށެވެ.

މީހެއްގެ އަތެއް އެ ކުޑަ ކުއްޖާގެ އަތުގައި ހިފައި ދަމަނިކޮށް ފެނުނު ކަމަށާއި، ދޫކޮށްލީ ވަރަށް ހަޅޭލަވައިގެން ކަމަށް ވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބިދޭސީ ފިރިހެނަކު 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފިކަމުގެ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބިދޭސީ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް