ޚަބަރު

ރަމަޟާން މަހަށް ހަނދު ސާބިތު ކުރުން އަންނަ މަހު އެކެއްގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: އަވަސް

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރުން އަންނަ އޭޕްރިލް މަހުގެ 1ގައި ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނިންމައިފިއެވެ.

Ads by STELCO

މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސައިފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައެވެ.

ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށް ވެސް ޑީޖޭއޭއިން ބުނެފައިވެއެވެ.

ރަމަޟާން މަހަށް ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެ ނޫން ވެސް އެފަދަ މުހިއްމު މައުލޫމާތު ދޭންޖެހެއެވެ. ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 5:30އިން ފެށިގެން ޑީޖޭއޭއާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!