Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަގަށް ވައްދާ ފޯނުތައް ހޯދަން ޖަލުގައި އެންޓަނާތަކެއް ޖަހައިފި

ވަގަށް ވައްދާ ފޯނުތައް ހޯދަން ޖަލުގައި އެންޓަނާތަކެއް ޖަހައިފި

ޖަލުތަކަށް ވަގަށް ވައްދާ ފޯނުތައް ހޯދަން ޖަލުގައި އެންޓަނާތަކެއް ޖަހާފައިވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މަނާ ތަކެތި ޖަލުތަކަށް ވެއްދުން ހުއްޓުވުމުގެ ގޮތުން މިހާރު ވެސް ވަަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޖަލަށް ވަގަށް ވައްދާ ފޯނުތައް ދެނެގަތުމަށް މީގެ ދެ މަހެއްހައި ދުވަސް ކުރިން ހާއްސަ އެންޓަނާތަކެއް ހަރުކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"ޖަލު ތެރޭގައި ހާއްސަ އެންޓަނާއެއް ޖަހައިގެން މިހާރު ވެސް އެ އެންޓަނާތަކަށް ރިސީވްވާ ވަކި ސިގްނަލްތަކަަށް އެ ތަންތަނުގައި އާންމުކޮށް ބޭނުންކުރާ ފޯނު ނޫން އެހެން ފޯނެއް ވަދެއްޖެ ނަމަ އެ ފޯނު ދެނެގަނެ އެ ފޯނު ބްލޮކްކުރުމާއި އެ ފޯނެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ އެންޓަނާތައް ހަރުކޮށް ވަގު ފޯނުތައް ބްލޮކްކުރަން މަސައްކަތް ފެށި ނަމަވެސް އަދިވެސް އެކަމުގައި ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް