ޚަބަރު

ފައްޔާޒު އިންތިޚާބުވުމުން ޕާޓީގެ ރައީސަށް ވެސް ވާނީ ފަސޭހަ: އިކްރާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ޗެއަޕާސަންގެ މަޤާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް އިންތިޚާބުވުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވާނީ ފަސޭހަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިކްރާމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް އިއްޔެ ނ. ކެނދިކުޅުދުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއާ ގުޅުމެއް ނެތް ކަމަށާއި ޗެއަރޕާސަންގެ މަގާމަށް ފައްޔާޒު ހޮވިއްޖެ ނަމަ އެކަންތައްތައް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިކްރާމް ވިދާޅުވީ ހިންގާލާނެ ޗެއާޕާސަންއެއް އިންތިޚާބު ކުރެވިއްޖެ ނަމަ ޕާޓީގެ މެމްބަރުންނާ އޮތް ގުޅުން ރަނގަޅު ކުރެވޭނެ ކަމަށާއި ޖަގަހަތައް ވެސް ހިންގާލެވޭނެ ކަމަށެވެ. އަދި “ޕާޓީގެ ރައީސް ކޮންމެ ކަމަކު އެދޭން ނުޖެހި، ހިނގާން ފެށުމުން ރައީސްއަށް ވެސް މާބޮޑަށް ފަސޭހަވާނެ” ކަމަށް އިކްރާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ ރަމަޟާން މަސް ނިމި ޝައްވާލްމަހުގެ ވެސް ފުރަތަމަ ހަތް ދުވަސް ނިމުމަށް ފަހު، މެއި މަހުގެ 14ވާ ހޮނިހިރު ދުވަހުގައެވެ.

Ads by Allied Insurance
  1. ޖާބިރު

    އިކްރާމް ތީ އަމިއްލަޕާޓީހަދަންއުޅެނުހެދިގެން ޖޭޕީގައުޅެ ކަމެއްނުވެގެން ވައިކުޑައި އެމްޑީޕީޓީކެޓު ޖަހަިގަންނަން ފުމާލި ކާޅެއް ،،އަސްލުޓީމަކީ ބާގީ ނާޒިމްޓީމް،،އެޕާޓީގަމިހާރުވެސް އުޅެނީ