ބުލީގެ ޝިކާރައިން ދަރިފުޅު ސަލާމަތް ކުރާނީ ކިހިނެއް؟
"ބުލީ"ކުރުން، ނުވަތަ ހަނގާ ކުރުމަކީ މުޖްތަމައުގައި އޮތް ގިނަ މައްސަލަތަކުގެ ތެރެއިން ބޮޑު މައްސަލައެކެވެ. ންޓަރނެޓްގެ ޒަރީއާއިން ބުލީކުރުން ވެސް ފަހަކަށް އައިސް ވަނީ އާންމުވެފައެވެ.
ބުލީކުރުމަކީ މަލާމާތާއި ދެރަކޮށްލުމުގެ ބަސްތަކުން އަނެކާގެ ހިތް މަރައިލުމެވެ. މިކަން ގިނަ ފަހަރު ފެށިގެން އަންނަނީ މަދަރުސާއިންނެވެ.
އެހެންކަމުން، ތިމާގެ ދަރިން ބުލީގެ ޝިކާރައިން ސަލާމަތް ކުރުމަށް ޓަކައި އެކުދިން މަދަރުސާއަށް ކިޔަވަންދާ ދުވަސްވަރު ގިނަ ކަންކަމަށް ސަމާލުކަންދީ، ކުދިންނާ ގާތް ގުޅުމެއް ބާއްވަން ޖެހެއެެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ދަރިފުޅަކީ ކެރޭ، އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުއްޖަކަށް ހެދުން:
ގިނަ ފަހަރު ބުލީގެ ޝިކާރަައަކަށް ހަދަނީ، ބަލިކަށި ނުވަތަ އަމިއްލަ ނަފްސަށް ދިފާއު ކުރަން ނުކެރޭނެެހެން ހީވާ ކުދިންނެވެ. އެހެންވެ، ތިމާގެ ދަރިފުޅަކީ ކެރޭ ކުއްޖަަކަށް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިކަމަށް ޓަކައި މަދަރުސާގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ދަރިފުޅަށް ހިތްވަރުދީ، ރަނގަޅަށް ކުރާ ކަންކަމުގައި ދަރިފުޅަށް ތައުރީފުކޮށް ހިތްވަރުދޭށެވެ. އަދި ތިބާ އަބަދުވެސް ހުރީ، ކޮންމެ ކަމެއްގައި ވެސް ދަރިފުޅަށް އެހީވާން ތައްޔާރަށްކަން ހަނދާން ކޮށްދޭށެެވެ.
ދަރިފުޅާ ގާތް ގުޅުމެއް އުފެއްދުން:
މިއީ ވަރަށް މުހިންމު ކަމެކެވެ. ތިބާއަކީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއަށް ވާށެވެ. ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއް ވެސް އެއްވެސް ޖެހިލުމެއް ނެތި ހިއްސާކުރަން ކެރޭނެ ފަދަ އެކުވެރިޔަކަށް ވާށެވެ. އެކި ކަންކަމުގައި ދަރިފުޅާ ވާހަކަ ނުދައްކައި، ދުރު ދުރުން އުޅޭ ނަމަ، ދަރިފުޅަށް ދިމާވާ އެކި ކަންކަން ތިބާއަށް ހިއްސާ ކުރަން ފަސްޖެހިދާނެއެވެ.
ބުލީ ކުރުމަކީ ކޮބައިކަން ދަރިފުޅަށް ކިޔައިދިނުން:
ބުލީގެ ޝިކާރައަކަށް ވުމުން ދަރިފުޅު ސަލާމަތް ކުރެވޭނީ، އެއީ ކޮންއެއްޗެއްކަން ދަރިފުޅަށް އެނގިގެންނެވެ. ބުލީ ކުރުމަކީ ކިހިނެއް ކުރާ ކަމެއް ކަމާއި، އެކަމުގެ ސަބަބުން މުސްތަގްބަލުގައި ދަރިފުޅަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވެސް ކިޔައިދޭށެވެ.
އަދި މިކަމުގެ ޝިކާރައަކަށްވުމަކީ ގޯހަކަށް ވަނީ ކީއްވެގެންކަން ވެސް ބުނެދޭށެވެ. ބުލީ ކުރުމާ ދެކޮޅަށް ތެދުވަން ދަސްކޮށްދީ، މިހާރު އާންމުވެފައިވާ "ސައިބަރ ބުލީން"އާ ގުޅޭގޮތުން ވެސް ދަރިފުޅު ހޭލުންތެރި ކުރުވާށެވެ.
ބެލެނިވެރިންގެ ފަރާތުންވެސް ބުލީއާ ކުރިމަތިލާން ޖެހޭ. އެއްޗެކޭ ބުނެފިއްޔާ ވަކިން ކަންތައް ބޮޑު. ގަޔަށް ބޮލަށް އަރާ އެއްޗެކޭ ބުނެފިއްޔާ.