Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަރީޝް ދޫކޮށްލާން މާލެ ސިޓީ ކައުންސިލުން ގޮވައިލައިފި

ނަރީޝް ދޫކޮށްލާން މާލެ ސިޓީ ކައުންސިލުން ގޮވައިލައިފި

މާލޭ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޫކޮށްލުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

ނަރީޝް ހައްޔަރުކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކޮށްގެން މިދިޔަ ހުކުުރު ދުވަހުގެ ހަވީރު މާލޭގައި ބޭއްވި "ނޭވާހޮޅިއަށް" އެއްވުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ގެނައުމުން، ކޯޓުން ވަނީ ނަރީޝަށް ދެ ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ނަރީޝް ބަންދު ކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މި މަހުގެ 25ވަނަ ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ހައްގުގެ ތެރެއިން އަޑު އުފުލުމަށާއި ޤާނޫނު އަސާސީގެ 27ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުޢޫރު ފާޅު ކުރަމުން ދަނިކޮށް، އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މާލެ ސިޓީ ކައުންސިލުން ޤަބޫލު ކުރާ ގޮތުގައި މިއީ ޤާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލެސިޓީގެ ޑެޕިއުޓީ މޭޔަރގެ މަގާމަށް ހޮއްވަވައިފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވައިލުމާއި އަޑު ކަނޑުވައިލުމަށް ޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް" މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ކައުންސިލުން ބުނީ މިއީ ދިމިޤްރާތި ވެށްޓެއްގައި ކަންކަން ވާންޖެހޭނެ ގޮތެއް ނޫން ކަމަށާއި އެހެންކަމުން ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލުމަށް ގޮވައިލާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް