Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 2ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށް ފަހު ހަނދާ ގުޅޭ ގޮތުން ނެރުއްވި ޤަރާރު އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ޤައުމުތަކަށް ފެނިފައި ވާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހު ވެސް އިޙްޔާކުރުމުގެ ޕްރޮގްރާމާއި ދީނީ ޚާއްޞާ ޕްރޮގްރާމްތައް ހިންގަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

Advertisement
Ooredoo — Truecaller (box)

މިރޭ ހަނދު ބެލުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ ރޯދަ މަހު ނަމާދުކޮށް އަޅުކަންތަކުގައި މަޝްއޫލްވެ އުޅުމަށް ނަސޭހަތްތެރިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް