މިއަދު ފަތިހު ސަލްމާން މިސްކިތުގައި ކަރަންޓެއް ނެތް
ސައުދީ އަރަބިއާގެ އެހީގެ ދަށުން އިމާރާތްކުރި ކިންގް ސަލްމާން މިސްކިތުގައި މިއަދު ފަތިހު ކަރަންޓު ނެތްކަން ހާމަވެއްޖެއެވެ.
މި ރަމަޟާން މަހާ ދިމާކޮށް ސަލްމާން މިސްކިތް ބޭނުންކުރަން ފެށީ މިދިޔަ ހުކުރު ނަމާދުން ފެށިގެންނެވެ.
ނަމަވެސް މިއަދު ފަތިހު އެ މިސްކިތުގައި ނަމާދު ކުރި އިރު ކަރަންޓު ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަލްމާން މިސްކިތުގެ ލައިޓް ސިސްޓަމް އޮޕަރޭޓް ކުރަނީ ކޮންޕިއުޓަރައިޒްކޮށް ކަމަށް ވުމުން ކޮންމެ ވަގުތަކަށް މުވައްޒަފުން ލައިޓް ސިސްޓަމް އޮންކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރޭ ފަތިސް ނަމާދު ވަގުތު ލައިޓްތައް ނުދިއްލި ހުރީ ކޮންޓްރޯލް ރޫމާއި ހަވާލުވެ ހުރި މުވައްޒަފަށް ނުދެވިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ކޮންޓްރޯލު ރޫމު ތަޅުލައިފައި ހުރުމުން އެހެން ގޮތަކުން ވެސް ކަރަންޓު ޖެއްސޭ ގޮތް ނުވީ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ފިޔާތޮށި ކުލަ ކެހިފަތޯ ހުރީ